ހުރިހާ ވާހަކައެއް މީޑިއާ އަށް ތިލަ ނުކުރިޔަސް ލީޑަރ ގާސިމް އިބްރާހިމް ވަޑައިގަންނަވަނީ ޖޭޕީގެ ކަންކަން ތަރުތީބު ކުރައްވަމުން: ޝާޒު

ފޮޓޯ: ޝާޒް ޓްވިޓަރ

ހުރިހާ ވާހަކައެއް މީޑިއާ އަށް ތިލަ ނުކުރިޔަސް ލީޑަރ ގާސިމް އިބްރާހިމް ވަޑައިގަންނަވަނީ ޖޭޕީގެ ކަންކަން ތަރުތީބު ކުރައްވަމުން ކަމަށް އަހްމަދު ޝާޒު (ތަޖޫ) ބުނެފިއެވެ.

އޭނާ މިހެން ބުނީ ދިވެހި ފިލްމީ ދާއިރާގައި ފުންނާބު އުސް އަދި ތަޖުރިބާކާރު ދެ ތަރިންކަމަށްވާ އަހްމަދު ސަޢީދު (ތުއްތު ސައީދު) އާއި އޭނާގެ އަންހެނުން ފާތުމަތު އާޒިފާ (އަޒޫ) ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމުންނެވެ.

ރާއްޖޭގެ މަޝްހޫރު ކޮމޭޑިއަން ޝާޒު ކޮށްފައިވާ ޓްވީޓުގައި ސަޢީދުގެ ދެމަފިރިންގެ އިތުރުން ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ފަންނާނުން ވެސް ހިމެނެއެވެ. ނަމަވެސް އެއިން އެއްވެސް ފަރާތެއްގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އަޒޫ އާއި ސައީދު ޖޭޕީ އަށް ސޮއިކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، ސައީދުގެ ދެމަފިރިންގެ ފޯމާއި ހަވާލުވީ ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް އަހުމަދު ސައުދެވެ.

ޖޭޕީއާ ގުޅުނު ސަބަބާއިގުޅޭގޮތުން ސައީދު ބުނީ ގާސިމް އިބްރާހީމަކީ ދެގޮތެއް ނުވެ ދިވެހި ރައްޔިތުންނަށް ޚިދުމަތްކޮށް ދެއްވުމުގައި ސާބިތުވެ ހުންނެވި ބޭފުޅަކަށްވާތީ ކަމަށެވެ. އަދި ކުރިއަށް ދިއުމުގެ ފުރުސަތު އޮތް ޕާޓީއަކަށް ޖޭޕީ ވުމަކީ ވެސް ސޮއި ކުރި ސަބަބެއް ކަމަށް ސައީދު ބުންޏެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރުމަށް ވާންޖެހޭ ތައްޔާރީތައް ޖުމްހޫރީ ޕާޓީން އަންނަނީ ވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ސިޔާސީ ހަރަކާތްތައް މަދުވެފައިވީނަމަވެސް، އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.