
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އަށް ޖައްސަން އައި މޯލްޑިވިއަންގެ ފްލައިޓެއް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޑައިވާރޓް ކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އިންޑިއާގެ ކޮޗިން އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެ އައި ފްލައިޓެކެވެ.
މި ފްލައިޓް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޑައިވާރޓް ކުރިކަން ކަށަވަރުވެފައިވާއިރު، އެ ފްލައިޓް ޑައިވާރޓް ކުރީ ކޮން ސަބަބަކާހުރެކަން ސާފުވާގޮތް އަދުވަނީ ނުވެފައެވެ.
މީގެ އިތުރުން ވީއައިއޭ އަށް ދަތުރުކުރި ގިނަ އެއަރލައިންތަކެއް ވެސް އެ އެއަރޕޯޓަށް ނުޖެއްސި ގިނަ އިރުތަކެއް މަތީގައި މަޑުކޮށްފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ވީއައިއޭ އަށް ދަތުރުކުރި އެހެން ބައެއް އިންޓަރނޭޝަނަލް އެއަރލައިންތައް މާފަރާއި ގަމަށް ޑައިވާރޓްކޮށްފައިވާ ކަމަށް ވެސް ވަނީ މުޢުތަބަރު ގޮތަކަށް މައުލޫމާތު ލިބިފައެވެ.