
ނ. މިލަދޫ އެސްޓީއޯ ފާމަސީ ތިޖޫރި ވަގަށް ނަގައިފައިވާ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
ފުލުހުސް އޮފީހުން މިދު ވިދާޅުވީ އެމައްސަލަ ހުށަހަޅާފައިވަނީ މިއަދު ހެނދުނު 9:00 އެހައިކަންހާއިރު ކަމަށެވެ.
ތިޖޫރީގައި ހުންނާނީ 3000 އެއްހާ ރުފިޔާ ކަމަށް އެއާ ހަވަލުވެ ތިއްބެވި ބޭފުޅުން މައުލޫމާތު ދެއްވައިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ބައްލަވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ދުވަސްވަރު މިފަދަ ކަންކަން ހިނގައިފާނެ ކަމަށްޓަކައި ކުރިން ވެސް ފުލުހުންވަނީ މިފަދަ ކަންކަމަށް ސާމާލުވުމަށް ނަސޭހަތެތެރިވެވެފައެވެ.