އެސްޓީއޯ އީސްޓޯރުގެ މުއައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާ ގުޅިގެން ރީޓެއިލް ޚިދުމަތް މެދުކަނޑާލައިފިއެވެ.
އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނާ ގޮތުން އީސްޓޯރުގެ މުއައްޒަފަކަށް ކޯވިޑް ޖެހުމުން އެ ސްޓޯރުގެ ގިނަ މުއައްޒަފުންތަކެއް މިވަގުތު ތިބީ ނަފުސު އެކަހެރިކޮށްގެންނެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ފިހާރައިން ރީޓެއިލް ފިހާރަތަކަށް ގަނޑުކޮށް މުދާ ވިއްކަމުންދާނެ ކަމަށް ބަޔާނުގައި ވެއެވެ.
މިގޮތަށް މުދާ ވިއްކަމުން ދާއިރު އޯޑަރު ނެގުމަޤށ ހަމަޖެހިފައިވަނީ ކޮންމެ ރެއެއްގެ ނުވައަކުން ފެށިގެންނެވެ. އީސްޓޯރުގައި ހިމެނެނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ހޮވާލެވފައިވާ ވަކި ބާވަތްތަކެއް ކަމަށް އެސްޓީއޯން ހާމަކުރެއެވެ. އަދި ކޮންމެ ފަރާތަކަށް ވެސް މަދުވެގެން 5 ބާވަތް އަދި ގިނަވެގެން 30 ބާވަތް ގަނެވޭނެކަމަށް ހާމަކުރެއެވެ.
ފައިސާ ބަލައިގަތުން ހަމަޖެހފައިވަނީ ބޭންކް އޮފް މޯލްޑީވްސް ގެ ގޭޓުވޭ މެދުވެރިކޮށް ކަމަށާއި މުދާ ގެންގޮސްދެވޭނީ ފިހާރަ ހިމެނޭ އިމާރާތުގެ ބޭރަށް ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މުދާ ގެންގޮސްދިނުމަށް ފަންސާސް ރުފިޔާގެ ފީއެއް ނެގެނެ ވާހަކަވެސް އެ ބަޔާނުގައި ވެއެވެ.