އެސްޓީއޯ ސުޕަމާޓު މާދަން ބަންދު

އެސްޓީއޯގެ ސުޕަމާޓު މާދަން ބަންދުވާނެ ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.

މާދަމާ އެތަން ބަންދު ކުރަނީ ރާއްޖޭގެ ޤައުމީދު ދުވަހުގެ މުނާސަބަތުގައެވެ. ދެން ހުޅުވާނީ އޮކްޓޯބަރު 30 ވަނަ ދުވަހު ހެނދުނު 8:30 ގައެވެ. މާދަމާ އެތަން ބަންދުކުރުމުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިކަމަކަށްޓަކައި މަޢާފަށް އެދޭ ކަމަށްވެސް ސުޕަމާޓުން ވިދާޅުވެފައިވެއެވެ.

އެއީ ހޯލްސޭލް އަދި ރީޓޭލް ކުރާ މާޓެކެވެ. ރާއްޖޭގެ ބައެއް އަތޮޅުތަކުގައި އެތަނުގެ ގޮފިތައް ވަނީ ހުޅުވައިފައެވެ.

އެސްޓީއޯއިން ގެންގުޅުއްވާ ޕްރައިވެޓައިޒް ކުރުމުގެ ސިޔާސަތުގެ ދަށުން ސުޕަމާޓުން ކުރާ ކުދިވިޔަފާރިތައް ހުއްޓާލުމަށް އެތަނުންވަނީ ނިންމައިފައެވެ. އަދި ކުކުޅުފަދަ ތަކެތީގެ ވިޔަފާރި އަމިއްލަށް ފަރާތްތަކަށް ދޫކޮށްލުމުގެ ގޮތުން ސުޕަމާޓުގައިހުރ ޑީފްރީޒަރުތައް ކުއްޔަށް ދިނުމަށް ވެސް އެތަނުން ވަނީ ނިންމައިފައެވެ. އެ ކުއްޔަށް ދިނަސް ހުންނާނީ ސުޕަމާޓުގައެވެ. އަމިއްލަ ފަރާތްތަކުން ވިޔަފާރިކުރަންޖެހޭނީ ޑީފުރީޒަރ ސުޕަމާޓުގައި ބަހައްޓައިގެންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.