
ހުޅުމާލޭ ރީތިގަސް މަގުން ސަހަރާ ކައިރިން ދިޔަ ކާރެއް ކޮންޓްރޯލް ނުވެގޮސް ގަސްތަކެއްގެ ތެރެއަށް ވަދެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިޙާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:02 އެހައިކަންހާއިރު ކަމަށެވެ. މި ޙާދިސާ ހިނގިއިރު ކާރުގައި އިނީ ޑްރައިވަރު އެކަންޏެއެވެ. އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ކާރުގެ ކުރީ ބަފަރުވަނީ ނެއްޓިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ކާރު ޑްރައިވަރަކީ ލައިސަންސް އޮންނަ މީހެކެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.
ވަރަށް ފަހުން ހުޅުމާލޭގައި ދުއްވި ބަހެއްގެ ޑްރައިވަރު ނިދާފައި އިނުމުގެ ސަބަބުން އޭނާ އަތުން ކޮންޓްރޯލް ގެއްލި ހިނގި އެކްސިޑެންޓެއްގައި ފަތުރުވެރިއަކު ވަނީ ނިޔާވެފައެވެ.