ސައިކަލެއް ކަހައިލައިގެން ވެއްޓި ޒުވާނަކު މަރުވެއްޖެ

ހުޅުމާލޭގައި ސައިކަލެއް ކަހައިލައި އެ ދުއްވަން އިން ޒުވާނާ ވެއްޓި މަރުވެއްޖެއެވެ. އޭނާ މަރުވެފައިވަނީ އެ ހާދިސާއަށްފަހު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށްނެވެ. މަރުވެފައިވަނީ އުމުރުން 18 އަހަރުގެ ޒުވާނެކެވެ.

މިހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި އަންނަނިކޮށް ދުވެލިމަތައެއްގެ މަތިން ކަހާލައިގެން ވެއްޓި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. މިހާދިސާގައި އޭނާގެ މޫނަށާއި ބޮލަށް ވަރަށްބޮޑަށް ގެއްލުންވެފައިވާ ކަމަށްވެސް މައުލޫމާތުވަނީ ލިބިފައެވެ. އަދި އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މިހާދިސާއަށްފަހު އޭނާއަށް ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. ޓްރީޓޮޕަށް ބަދަލުކުރީ ހާލު ސީރިއަސް ކަމުން އިތުރުފަރުވާ ދިނުމަށެވެ. މިކަމާ ގުޅިގެން ފުލުހުން އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.