ގައުމު ފަގީރެއްނޫން! ގައުމުތައް ފަގީރު ކުރަނީ ކޮރަޕްޝަން: ޢިމްރާން ޚާން


ގައުމު ފަގީރު ނޫންކަމަށާއި ގައުމުތައް ފަގީރު ކުރަނީ ކޮރަޕްޝަނުންކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ވިދާޅުވެއްޖެއެވެ.

"މަނިކުފާނަކީ މުސްލިމު ދުނިޔެއަށް އަބަދުވެސް މިސާލެއް. އެއީ ކީއްވެގެންކަމަށްތޯ، މަނިކުފާނު ވަނީ މުސްލިމް ދުނިޔެއަށް ކުރިމަތިވި ގޮންޖެހުންތައް ހައްލުކޮށް ދެއްވުމަށް އަބަދުވެސް ވާހަކަފުޅުދައްކަވާފައި." މެލޭޝިޔާގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދު ޕާކިސްތާނުގެ އިސްލާމް އާބާދަށް ވަޑައިގަތުމުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން ޢިމްރާން ޚާނު ވިދާޅުވިއެވެ. "ކޮރަޕްޝަނާ ދެކޮޅަށް މެލޭޝިޔާގައި ހަނގުރާމަކުރަމުންދާ ގޮތަށް އަޅުގަނޑުމެން ވެސް މިދަނީ އެމަސައްކަތް ކުރަމުން. މެލޭޝިޔާއާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަޅުގަނޑުމެން މިދަނީ."

މެލޭޝިޔާއަކީ ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި އުސޫލުތަކެއް ގެން ގުޅޭ      ގައުމެކެވެ.

ބޮޑުވަޒީރު މަހާތީރުގެ ވާހަކަފުޅުގައި ޢިމްރާން ޚާން ކުރެއްވި ތާރީފުތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. "އަޅުގަނޑު އަލުން އެނބުރި އައީ ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަކުރަން."

މަހާތީރުގެ ވާހަކަފުޅުގައި ޕާކިސްތާނު އިގުތިސާދީ ގޮތުން ވަރުގަދަ ގައުމަކަށް ވުމަށް އެދިވަޑައިގަތެވެ.

"މެލޭޝިޔާއިން ޕާކިސްތާނަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެވިދާނެ." މަހާތީރު ވިދާޅުވިއެވެ.

ޕާކިސްތާނަށް އިގުތިސާދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕާކިސްތާނުގައި އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި މަޝްރޫއުތައް ފެށުމަށް މަހާތީރުގެ ދަތުރުފުޅުގައި ދެގައުމުން ވަނީ އެއްބަސްވެ ސޮއިކޮށްފައެވެ.

"ޕާކިސްތާން ދުވަސް" ފާހަގަ ކުރުމަށް ހޮނިހިރު ދުވަހު ބާއްވާ ކުލަގަދަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ މަހާތީރު މުޙައްމަދެވެ.

ޕާކިސްތާނަކީ ކޮރަޕްޝަން ވަރަށް ބޮޑަށް އާއްމުވެފައިވާ ގައުމެކެވެ.

ޢިމްރާން ޚާން ޕާކިސްތާންގެ ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ކުރެއްވި މަސައްކަތްޕުޅުގެ މައިގަނޑު ވައުދަކީ ގައުމުން ކޮރަޕްޝަން ފޮހެލުމެވެ.

ޕާކިސްތާނުގެ ކޮރަޕްޓު ލީޑަރުން ގެންދަވަނީ ޢިމްރާން ޚާން ބޮޑުވަޒީރުކަމުގެ މަގާފުން ފައްސަވާލެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.