
ދުނިޔޭގެ ލީޑަރުން ތެރެއިން 7ވަނަ އަށް އެންމެ ގިނަ ޓުވިޓަރ ފޮޅޮވަރުން ތިބި ވެރިޔަކީ ޕާކިސްތާންގެ އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ޢިމްރާން ޚާން އެވެ. ޢިމްރާން ޚާންގެ ފޮލޯވަރުންގެ ގޮތުގައި 8.19 މިލިއަން މީހުން އެބަތިއްބެވެ.
ޢިމްރާން ޚާން އަކީ ސޯޝަލްމީޑިއާގައި ވަަރަށް ހަރަކާތްތެރި ބޭފުޅެކެވެ. އެމަނިކުފާނަކީ ގައުމީ އަދި އިޖްތިމާއީ މައްސަލަތަކާއި ކޮރަޕްޝަން ފަދަ މައްސަލަތަކާ ގުޅިގެން އާދަވެގެން ޓުވިޓު ކުރައްވަމުން ގެންދެވިއެވެ. އެމަނިކުފާނުގެ މަގްބޫލުކަން އިތުރުވެ ފޮލޯވަރުން އިތުރުވެފައިވަނީ އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ. ޢިމްރާން ޚާން އަށް ނިސްބަތްކޮށް ބޭނުންކުރެވޭ އެންމެ އާއްމު ނަމަކީ 'ފޭސްބުކް ޚާން' އެވެ.
ދުނިޔޭގެ ލީޑަރުންގެ ތެރެއިން އެންމެ ގިނަ ފޮލޯވަރުން ތިބީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެވެ. އެމަނިކުފާނުގެ ފޮލޯވަރުންގެ އަދަދަކީ 53.5 މިލިއަނެވެ. 43.4 މިލިއަން ފޮލޯވަރުންނާ އެކު ދެވަނައަށް އެންމެ ގިނަ ފޮލޯވަރުން ތިބީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެއެވެ.
އޯގަސްޓު މަހުގެ 14ވަނަ ދުވަހު ބޮޑުވަޒީރުކަމުގެ ހުވައި ކުރެއްވުމުން ޢިމްރާން ޚާންގެ މަގްބޫލުކަން އިތުރުވެ ލިސްޓުގެ ކުރިން ޖާގަ ހޯއްދަވާނަ ކަމަށް ބެލެވެއެވެ.