
ޕާކިސްތާނުގެ އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ކްރިކެޓަރު އަދި ޕީޓީއައި ގެ ޗެއަރމަން އިމްރާން ޚާން އަށް އެޑްރެސްކޮށްފައިވާ އީމޭލެއް ބޮލީވުޑްގެ ތަރި އިމްރާން ޚާން އަށް ލިބިއްޖެއެވެ. އިމްރާން ގެ އިންސްޓެގްރާމްގައި އޭނާ ވަނި މި އީމޭލްގެ ސްކްރީންޝޮޓެއް ޝެއަރ ކޮށް އެއަށް އިޖާބަ ދީފައެވެ. އޭނާ ބުނެފައިވަނީ އާއްމުންގެ ގޮވައިލުމަށް އިޖާބަ ނުދީ ހުރެވެން ނެތް ކަމަށެވެ. އަދި މިހަފްތާ ތެރޭގައި ސިޔާސަތުތައް އެކުލަވއިލުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރީން 'ލަކް' ގެ ލީޑިން ތަރި އިމްރާންގެ ބޮޑު ބޭބެ، ބޮލީވުޑްގެ ސުޕަރސްޓަރ އާމިރް ޚާން އަށް ޕާކިސްތާނުގެ ބޮޑުވަޒީޜު ހުވައި ކުރައްވާ ރަސްމިއްޔާތަށް ދައުވަތު ލިބުނު ވާހަކަ މީޑިއާއިން ރިޕޯޓު ކުރިއެވެ. ނަމަވެސް އާމިރް ވަނީ ބޮޑުވަޒީރު ހުވައި ކުރައްވާ ރަސްމިއްޔާތުގެ ދައުވަތު އޭނާއަށް ލިބިފައިނުވާ ކަމަށް ބުނެފައެވެ.