ދުނިޔޭގެ އެންމެ ނުފޫޒު ގަަދަ 50 މުސްލިމުންގެ ތެރޭގައި ޢިމްރާން ޚާން

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 50 މުސްލިމުންގެ ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ހިމެނިވަޑައިގެންފިއެވެ. 2019ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ މުސްލިމުންގެ ލިސްޓުން ޢިމްރާން ޚާން ވަނީ 29ވަނައިގައެވެ. މި ލިސްޓުގެ އެއްވަނައިގައި ވަނީ ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުދުޤާން އެވެ. ލިސްޓުގެ 2ވަނަ ސްލޮޓް ލިބިވަޑައިގެންނެވީ ސުޢޫދީ ރަސްގެފާން ސަލްމާން ބިން ޢަބްދުލްޢަޒީޒް އެށެވެ.

'ވޯލްޑްސް 500 މޯސްޓް އިންފްލުެއެންޝަލް މުސްލިމްސް' ޯ (ދުނިޔޭގެ އެންމެ ނުފޫޒް ގަދަ 500 މުސްލިމުން) ގެ ލިސްޓު ތައްޔާރު ކުރަނީ އުރްދުންގައި ހުންނަ ރޯޔަލް އިސްލާމިކް ސްޓްރެޓެޖިކް ސްޓަޑީސް ސެންޓަރުންނެވެ.   

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.