
އައްޑޫ ސިޓީ ހުޅުމީދޫ ކުނިކޮށީގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެމްޑީފްއިން ވިދާޅުވީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުނއް ލިބިފައެއް ނުވެއެވެ. މައުޅޫމާތު ލިބިފައިވާ ގޮތުގައި ކުނިކޮށީގައި އަލިފާން ހިފުމުގެ ކުރިން އަލިފާން ރޯވީ އެ ސަރަހައްދުގައި ކަމަށެވެ.
މި ހާދިސާގައި އެސަހަރައްދުގައި ހުންނަ ވެމްކޯ އޮފީހުގައިވެސްވަނީ ރޯވެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިހާދިސާގައި ވެމްކޯ އޮފީހުގެ ފުރާޅުވެސް އެއްކޮށް ވަނީ ހަލާކުވެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަށަވަރު ވެފައެއް ނުވެއެވެ.