
މަލަހިނި ކުޑަ ބަނޑޮސް ރިސޯޓުގެ ޑައިވިންގ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިގައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް އެފްއާރުއެސް އަށް ލިބިފައިވަނީ މިއަދު 13:07 އެހައިކަންހާއިރުއެވެ. ހާދިސާގެ ރިޕޯރޓް ލިބުމާއެކު އެމްއެންޑީއެފް އެފްއާރުއެސްގެ ފަޔަރ ފައިޓިންގ ޓީމެއް އެ ރިސޯރޓަށް ދިޔަކަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ޑައިވިންގ ސްކޫލުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު 13:45 އެހައިކަންހާއިރު އެވެ. އަލިފާން ކޮންޓްރޯލް ކޮށްފައިވަނީ އެރިސޯޓުގެ ފަޔަރ ސްކޮޑުންނެވެ.
މި ހާދިސާގައި މި ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސެއްގެ އައި ވަނީ ފިހިފައެވެ. މި މީހާ ވަނީ އިތުރު ފަރުވާޔަށް މާލެ ގެންގޮސްފައެވެ.
ހަދިސާ އާއި ގުޅިގެން އެ ރިސޯޓުގެ ޑައިވިންގ ސްކޫލަށް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. އަދި ޑައިވިން ސްކޫލާއި އިންވެހުރި ޑައިވިންގ ސްކޫލުގެ ޝެޑް ސާމާނުތަކާއި އެކު ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ.