އަލިފާން ރޯވި ސަރަޙައްދަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޑިފެންސް މިނިސްޓަރާއި ހޯމް މނިސްޓަރު ވަޑައިގެންނެވިއެވެ. އެތަނަށް ވަޑައިގެން ރައީސް ވަނީ ޙާދިސާގެ މަޢުލޫމާތު އޮޅުން ފިލުއްވައިފައެވެ. އަދި އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވި އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުންނާއި ފުލުހުންނާ ބައްދަލު ކުރައްވައިފައެވެ. އަދި ރައީސް ވަނީ އެމީހުންނަށް ހިތްވަރު ދެއްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވި މީހުން އެކުރެއްވީ ބުރަ މަސައްތެއް ކަމަށާއި އެކަން ބަލައިގަންނަވާ ކަމަށެވެ.
މާލޭ ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ގެންދަނީ ފޯމު ބޭނުން ކޮށްގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ އަދިވެސް އަލިފާން ކޮންޓްރޯލް ނުވާ ކަމަށެވެ. ރޯވި ލޯންޗު މިހާރުވަނީ ދުރަށް ގެންގޮސްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާލޭ ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ގެންދަނީ ފޯމު ބޭނުން ކޮށްގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ އަދިވެސް އަލިފާން ކޮންޓްރޯލް ނުވާ ކަމަށެވެ. ރޯވި ލޯންޗު މިހާރުވަނީ ދުރަށް ގެންގޮސްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ރޯވެފައިވަނީ މިޙާދިސާގައި ތިން ވެހިކަލެއްގައި ވެސް ރޯވިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެސަރަޙައްދުގައިހުރި އެހެންވެހިކަލްތައް ދުރަށް ޖެއްސުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ކުރަމުން އަންނަ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ލޯންޗުގައި ރޯވި އަލިފާން ނިއްވުމަށް ފަޔަރުންގެ ލޯންޗެއްވެސް ދަނީ ޙަރަކާތްތެރިވަމުންނެވެ.
މިޙާދިސާގައި 5 މީހުން އެކިވަރަށް ފިހިފައިވާ ކަމަށާއި އެމީހުންނަށް ފަރުވާ ދިނުމަށް މިހާރުވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
އަލިފާން ރޯވި ސަރަޙައްދުގައި ހުރި މީހަކު ކިޔައިދިން ގޮތުގައި އަލިފާން ފުރަތަމަ ރޯވީ ލޯންޗުގައެވެ. ލޯންޗުގައި އަލިފާން ރޯވީ އޭގައި ކޮންމެވެސް މަސައްކަތެއް ކުރަމުންދަނި ކޮށް ކަމަށްވެސް އެމީހާ ބުންޏެވެ. އަލިފާން ރޯވިއިރު އޭތަކައިރީގައި އޮތް މެރީޑިއަމްގެ ތެޔޮ ލޮރީތަކެއްގައި ( 2 ލޮރީ) ވެސް ވަނީ ރޯވެފައި ކަމަށް އެމީހާބުންނެވެ. އޭނާ ބުނީ އަލިފާން ރޯވިތާ 3 މިނިޓު ނުވަނީސް އެމްއެންޑީއެފްގެ ފަޔަރުން އައިސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށެވެ.
ތެޔޮ ލޮރީތައް އެހެން ސަރަޙައްދުތަކަށް ގެންދެވިފައި ވިޔަސް އެ ބަލަހައްޓާނެ ބަޔަކުނެތި އެ ޕާކުކޮށްފައި ނުބެހެއްޓުމަށް އެމްއެމްޑީއެފުން ވަނީ އެދިވަޑައިގެންފައެވެ. ތަރުޖަމާނު ޢާޒިމް ވިދާޅުވީ ރޯވި އަލިފާނުގެ 90 ޕަސެންޓު މިހާރުވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށެވެ.
ޢާޒިމް ވިދާޅުވީ އަލިފާން ރޯވި ލޯޗުގެ ބޮޑުބައި ވަނީ ފަޅުތެރެއަށް އަޑިއަށް ގޮސްފައި ކަމަށެވެ.
ޢާޒިމް ވިދާޅުވީ އަލިފާން ރޯވި ލޯޗުގެ ބޮޑުބައި ވަނީ ފަޅުތެރެއަށް އަޑިއަށް ގޮސްފައި ކަމަށެވެ. މިޙާދިސާގައި އަލިފާން ރޯވެފައިވަނީ ލޯންޗާއި 2 ތެޔޮ ލޮރީގައެވެ.