ރާޖް ކުމާރް ހިރާނީގެ "ސަންޖޫ' ގައި ސަންޖޭދަތުގެ ބައްޕަ ގެ ރޯލު ކުޅުމަށްފަހު ޕަރޭޝް ރަވާލް އަނެއްކާވެސް ރިއަލް ލައިފް ހީރޯ އެއްގެ ބައި ކުޅޭގޮތަށް ހަމަޖެހިއްޖެއެވެ. މިފަހަރު އޭނާ ރިއަލް ލައިފް ހީރޯ އެއްގެ ބައި ކުޅެނީ ވިކީ ކޮށާލް އާއި ޔަމީ ގޯތަމް ކުޅޭ ފިލްމު 'އޫރީ' ގައެވެ.
ޕަރޭޝް މިފަހަރު ކުޅެނީ ނެޝެނަލް ސެކއިރިޓި އެޑްވައިޒަރު އަޖީތު ދޯވަލް ގެ ރޯލެވެ. ޕަރޭޝް ވަނީ ޓްވިޓަރގައި އޭނާގެ ފުރަތަމަ ލުކް ހިއްސާ ކޮށްފައެވެ.
Proud to be playing our hero Mr Ajit Doval in film URI by Aditya Dhar. pic.twitter.com/LVfVZMoiUj
— Paresh Rawal (@SirPareshRawal) June 8, 2018
2016ވަނަ އަހަރު އޫރީއަށް ހަމަލާދީ 38 މީހުން މަރުވުމާ ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް އިންޑިއާ އިން މަސައކަތް ފެށި އިރު އިންޑީއާގެ ނެޝެނަލް ސެއކިުރިޓީ އެޑުވައިޒަރަކީ ދޮވާލް އެވެ. ކަންދަހާރުން 814 ރަހީނުން މިނިވަން ކުރިއިރުވެސް ނެޝެނަލް ސެކއިރުޓީ އެޑްވައިޒަރަކީ އޭނާއެވެ. އަދި 1988ވަނަ އަހަރު ގޯލޑެން ޓެމްޕްލް އިން މިލިޓަންޓުން ފޮނުވާލުމަށް ހިނގުނު ހަރަކާތް ފެށީވެސް އޭނާގެ ސެކއިރުޓީ އެޑުވައިޒަރު ކަމުގެ ދުވަސްވަރު އެވެ. އެ އޮޕަރެޝަނާ ގުޅިގެން އޭނާ އަށްވަނީ ވަނީ 'ސެކަންޑް ހަޔެސްޓް ޕީސްޓައިމް ގެލެންޓްރީ އެވޯޑް' ދީފައެވެ.
Essaying the role of the respected NSA in my next film -URI, produced by @RonnieScrewvala @RSVPMovies pic.twitter.com/mB9hDokBak
— Paresh Rawal (@SirPareshRawal) June 9, 2018
'އޫރީ' އަކީ އަދިތްޔާ ދަރް ޑައިރެކްޓް ކޮށް ރޯނީ ސްރޫވާލާ އުފައްދާ ފިލްމެކެވެ. ފިލްމު ބިނާކޮށްފައިވަނީ 2016ވަނަ އަހަރު ސެޕްޓެންބަރު މަހު ޖައްމޫ އާއި ކަޝްމީރުގެ އޫރީގައި ހުންނަ މިލިޓަރީ ބޭސް އަށް ޕާކިސްތާނުގެ ޓެރަރިސްޓުން ދިންކަމަށް ބުނާ ހަމަލާގެ މައްޗަށެވެެ. މި ހަމަލާގައި އިންޑީއާގެ 19 ސިފައިން މަރުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމުގައި މޯދީގެ ބައި ކުޅޭނީ ވެސް ޕަރޭޝް ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެއެވެ.