ނެޝެނަލް ސެކިއުރިޓީ އެޑުވައިޒަރު އަޖިތް ދޮވާލްގެ ރޯލަށް ޕަރޭޝް ރަވާލް

ރާޖް ކުމާރް ހިރާނީގެ "ސަންޖޫ' ގައި ސަންޖޭދަތުގެ ބައްޕަ ގެ ރޯލު ކުޅުމަށްފަހު ޕަރޭޝް ރަވާލް އަނެއްކާވެސް ރިއަލް ލައިފް ހީރޯ އެއްގެ ބައި ކުޅޭގޮތަށް ހަމަޖެހިއްޖެއެވެ. މިފަހަރު އޭނާ ރިއަލް ލައިފް ހީރޯ އެއްގެ ބައި ކުޅެނީ ވިކީ ކޮށާލް އާއި ޔަމީ ގޯތަމް ކުޅޭ ފިލްމު 'އޫރީ' ގައެވެ.

ޕަރޭޝް މިފަހަރު ކުޅެނީ ނެޝެނަލް ސެކއިރިޓި އެޑްވައިޒަރު އަޖީތު ދޯވަލް ގެ ރޯލެވެ. ޕަރޭޝް ވަނީ ޓްވިޓަރގައި އޭނާގެ ފުރަތަމަ ލުކް ހިއްސާ ކޮށްފައެވެ.

2016ވަނަ އަހަރު  އޫރީއަށް ހަމަލާދީ 38 މީހުން މަރުވުމާ ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް އިންޑިއާ އިން މަސައކަތް ފެށި އިރު އިންޑީއާގެ ނެޝެނަލް ސެއކިުރިޓީ އެޑުވައިޒަރަކީ ދޮވާލް އެވެ. ކަންދަހާރުން 814 ރަހީނުން މިނިވަން ކުރިއިރުވެސް ނެޝެނަލް ސެކއިރުޓީ އެޑްވައިޒަރަކީ އޭނާއެވެ. އަދި 1988ވަނަ އަހަރު ގޯލޑެން ޓެމްޕްލް އިން މިލިޓަންޓުން ފޮނުވާލުމަށް ހިނގުނު ހަރަކާތް ފެށީވެސް އޭނާގެ ސެކއިރުޓީ އެޑުވައިޒަރު ކަމުގެ ދުވަސްވަރު އެވެ. އެ އޮޕަރެޝަނާ ގުޅިގެން އޭނާ އަށްވަނީ ވަނީ 'ސެކަންޑް ހަޔެސްޓް ޕީސްޓައިމް ގެލެންޓްރީ އެވޯޑް' ދީފައެވެ.

'އޫރީ' އަކީ އަދިތްޔާ ދަރް ޑައިރެކްޓް ކޮށް ރޯނީ ސްރޫވާލާ އުފައްދާ ފިލްމެކެވެ.  ފިލްމު ބިނާކޮށްފައިވަނީ 2016ވަނަ އަހަރު ސެޕްޓެންބަރު މަހު ޖައްމޫ އާއި ކަޝްމީރުގެ އޫރީގައި ހުންނަ މިލިޓަރީ ބޭސް އަށް ޕާކިސްތާނުގެ ޓެރަރިސްޓުން ދިންކަމަށް ބުނާ ހަމަލާގެ މައްޗަށެވެެ. މި ހަމަލާގައި އިންޑީއާގެ 19 ސިފައިން މަރުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމުގައި މޯދީގެ ބައި ކުޅޭނީ ވެސް ޕަރޭޝް ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.