
އަލީ އައްބާސް ޒަފަރްގެ ފިލްމް ''ބާރާތް' ގެ މޯލްތާ ޝެޑިއުލް ނިންމާލައިފިއެވެ. ޝެޑިއުލް ނިންމައި ސަލްމާން ޚަން ވަނީ ފިލްމުގެ މަންޒަރެއް ސޯޝަލްމީޑިއާގައި ޝެއަރކޮށްފައެވެ.
ސަލްމާން ޚާން އާ އެކު ސަލްމާންގެ މަންމަ ސަލްމާ ޚާން އާއި ކޮއްކޮ އަލްވީރާ މޯލްޓާއަށް ދިޔައެވެ. މޯލްޓާގައި ފިލްމުގެ ޝޫޓީން ކުރއަިށް ދިޔައިރު މަންމަ އާއެކު ނަގާފައިވާ ފޮޓޯ އާއި ވީޑިއޯ ސަލްމާން ވަނީ ސޯޝަލްމީޑިއާގައި ޝެއަރކޯށްފައެވެ. އޭނާގެ ކޯސްޓަރ ކަޓްރީނާ ވެސް ވަނީ ސަލްމާޏް ގެ އާއިލާ އާ އެކު ނަގާފައިވާ ފޮޓޯތައް ޝެއަރކޯށްފައެވެ. މިދެތަރީންވަނީ އާއިލާ އާއެކު ވަގުތު ހޭދަކޮށްފައެވެ.