
ބޮލީވުޑް ކޮމެޑީ 'ހައުސް ފުލް 4' ގެ ފުރަތަމަ ޝެޑިއުލް ނިންމާލަައިފިއެވެ. ޝެޑިއުލް ނިމުނުކަން އިއުލާން ކޮށްފަައިވަނީ ފިލްމް ޕްރޮޑިއުސް ކުރާ ކުންފުނި، 'ނަދިއަދްވާލާ ގްރޭންޑްސަން އެންޓަރޓެއިންމަންޓް' ގެ ޓުވިޓަރ އެކައުންޓު މެދުވެރިކޮށެވެ.
'ހައުސް ފުލް 4' ގެ ފުރަތަމަ ޝެޑިއުލްގެ މަސައްކަތް ފަށާފައިވަނީ ޖުލައި މަހުގެ 7ވަނަ ދުވަހު ލަންޑަން ގައެވެ. ފިލްމް ގެ ކާސްޓުގައި ހިމެނެނީ ކުރީންވެސް 'ހައުސް ފުލް' ގެ ސިްލސިލާތަކުން ފެނިގެން ދިޔަ ތަރީންނެވެ. މި ކާސްޓާ އަލަށް ގުޅިފައިވަނީ ކްރިތީ ސެނޯން އެވެ. ފިލްމ ޑައިރެކްޓް ކުރަނީ ސާޖިދް ޚާން އެވެ. ފިލްމު ރިލީސް ކުރާ ގޮތަށް ހަމަޖެހިފައިވަނީ 2019ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހުއެވެ.