އޭޝިއާ

އުތުރު ކޮރެޔާއިން ބެލިސްޓިކް މިސައިލެއް އުދުއްސާލައިފި

އުތުރު ކޮރެޔާއިން ބެލިސްޓިކް މިސައިލެއް އުދުއްސާލައިފިއެވެ. މިކަމާ ގުޅިގެން ޖަޕާނުގެ އުތުރުގައި އޮންނަ ހޮކައިޑޫ ޖަޒީރާގެ މީހުން ރައްކާތެރި ތަންތަނަށް ވަނުމަށް ވެސް ޖަޕާނުން އިންޒާރު ދިނެވެ.

އޭޝިއާ

މިޔަންމާ ސިފައިން އަވަށަކަން ދިން ހަމަލާއެއްގައި ސަތޭކައެއްހާ މީހުން މަރުވެއްޖެ

މިޔަންމާގައި ވެރިކަންކުރާ އަސްކަރީ ސަރުކާރުގެ ސިފައިން އެގައުމުގެ އަވަށަކަށް ދިން ވައިގެ ހަމަލާތަކެއްގައި ސަތޭކައެއްހާ މީހުން މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.

އޭޝިއާ

ސުޕްރީމް ކޯޓުގެ އަމުރަށް ބޯލަނބައި، މޭ 14 ގައި ޕަންޖާބުގައި އިންތިޚާބު ބާއްވަން ޕާކިސްތާނުން ނިންމައިފި

ޕާކިސްތާނުގައި ސިޔާސީ ގޮތުން އެންމެ މުހިއްމު ޕްރޮވިންސު ޕަންޖާބުގައި އަންނަ މޭ މަހުގެ 14 ވަނަ ދުވަހު އިންތިޚާބު ބާއްވަން އަންގަން ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަށް

އޭޝިއާ

އުއްތަމަ ފަނޑިޔާރުގެ ބާރުތައް ކުޑަކުރާ ގާނޫނެއް ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފި

ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ޗީފް ޖަސްޓިސް (އުއްތަމަ ފަނޑިޔާރު) ގެ ބާރުތައް ކުޑަކުރާ ގާނޫނެއް ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފި ކަމުގައި އެގައުމުގެ މިނިސްޓަރ އޮފް ލޯ

އޭޝިއާ

ޗައިނާގެ ޒިންޖިއާންގް ޕްރޮވިންސުގައި ރޯދަހިފުން މަނާ

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއެކު ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުން ރޯދަހިފަން ފަށާފައިވާއިރު، ޗައިނާގެ ވީގޫރް މުސްލިމުން ދިރިއުޅޭ ޒިންޖިއާންގް ޕްރޮވިންސުގައި ރޯދަހިފުން މަނާކޮށްފިއެވެ. މީގެ އިތުރަށް

އޭޝިއާ

ތައިލޭންޑުގެ އާއްމު އިންތިޚާބު މޭ 14 ގައި

ތައިލޭންޑުގައި އަންނަ މޭ މަހުގެ 14 ވަނަ ދުވަހު އާއްމު އިންތިޚާބު ބާއްވާނެކަން އެގައުމުގެ އިލެކްޝަން ކޮމިޝަންގެ ޗެއާމަން އިޓޮޕޯން ބޫންޕްރަޗޮންގް ހާމަކުރައްވައިފިއެވެ. އޭނާ މިކަން ހާމަކުރައްވާފައ

އޭޝިއާ

ސްރީލަންކާއަށް 2.9 ބިލިއަން ޑޮލަރުގެ ލޯނެއް ދޭން އައިއެމްއެފުން ނިންމައިފި

ސްރީލަންކާގެ ބޮއްސުންލާފައިވާ އިގުތިސާދު ކޮޅަށްޖަހައި، ގައުމު ހަމައަކަށް އެޅުމަށް އެހީތެރިވުމަށް 2.9 ބިލިއަން ޑޮލަރުގެ ލޯނެއް އެގައުމަށް ދޭން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ނިންމައިފިއެވެ.

އޭޝިއާ

ބަންގްލާދޭޝްގައި ބަހެއް އެކްސިޑެޓްވެ 19 މީހުން މަރުވެއްޖެ

މެދުތެރޭ ބަންގްލާދޭޝްގައި ދަތުރުކުރަމުން ދިޔަ ބަހެއް ވަޅުގަނޑަކަށް ވެއްޓި ހިނގި އެކްސިޑެންޓެއްގައި 19 މީހުން މަރުވެ 20 މީހުން ޒަޚަމްވެއްޖެއެވެ. ޚަބަރުތައް ބުނާ ގޮތުގައި ބާރު ސްޕީޑުގައި

އޭޝިއާ

މަދާމާއިން ފެށިގެން ޗައިނާއިން ބޭރު މީހުންނަށް ވިސާދޫކުރަން ފަށަނީ

ކޮވިޑް-19 އާއި ގުޅިގެން ޗައިނާއިން ގެންގުޅެމުން އައި ހަރުކަށި 'ޒީރޯ ކޮވިޑް' ސިޔާސަތު ދޫކޮށްލުމަށް ފަހު، އެގައުމަށް ދަތުރުކުރުމަށް އަލުން ވިސާ ދޫކުރަން ނިންމައިފިއެވެ. އެމެރިކާގައި ހުންނަ

އޭޝިއާ

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީންގެ މައްޗަށް ދައުވާ އުފުލައިފި

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މުޙްޔިންދީން ޔާސީންގެ މައްޗަށް ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުމާއި، ކޮރަޕްޝަންގެ އިތުރުން މަނީލޯންޑަރިންގގެ ދައުވާ މިއަދު އުފުލައިފިއެވެ. ކުއަލަލަމްޕޫރުގެ ސެޝަންސް ކޯޓުގެ ފަނޑިޔާރު