ހަނިމާދޫ މަރުގެ މައްސަލަ ތަހުގީގުކުރަން ފުލުހުންގެ ޓީމެއް ފޮނުވަނީ

ހަނިމާދޫ ޑިޓޮކްސިފިކޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވުމާ ގުޅިގެން އެ މައްސަލަ ބެލުމަށްޓަކައި ފުލުހުންގެ ޓީމެއް ފޮނުވާން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު ހާމަ ކުރައްވައިފައިވާ ގޮތުގައި މަރުވެފައި ވަނީ އެ ސެންޓަރަށް ފަރުވާ ހޯދަން ގޮސް ކަރަންޓީނުގައި ހުރި މީހެކެވެ. އޭނާ މަރުވެފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ މީހާ މަރުވީ ކިހިނެއް ކަމެއް އަދި ރަސްމީ އެއްވެސް ތަނަކުން ހާމައެއް ނުކުރެއެވެ. ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ހާމަކޮށްފައި ވަީ އެ މައްސަލަ ބަލަމުންދާ ކަމުގައެވެ.

އެންޑީއޭއިން ބަލަމުން ދަނިކޮށް ފުލުހުންގެ ޓީމެއް ދާ ގޮތަށް ހަމަޖެއްސި ސަބަބެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.