
ގުޅީފަޅު ބައްތިއާ ދިމާ ބޭރަށް މިއަދު ފުންމާލި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ އެމީހާ ފުންމާލީ މާލެއިން ފުރައިގެން ގުޅީފަޅަށް ދަތުރުކުރަމުންދިޔަ ޑިންގީއަކުން ކަމަށެވެ. އެ ޑިންގީގައި އެމީހާގެ އިތުރުން 9 މީހަކު ދަތުރު ކުރިއެވެ.
އޭނާ ޑިންގީން ފުންމާލުމަށްފަހު ވަނީ ގެއްލިފައެވެ. އެ މަޢުލޫމާތު މިއަދު 3:15 އެހައިކަންހާއިރު އެމްއެންޑީއެފަށް ލިބުމުން ކޯސްޓުގާޑު ސިފައިންވަނީ އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ކޯސްޓުގާޑު ޑައިވަރުން އެމީހާ ހޯދަމުން ދަނިކޮށްފެނިފައިވަނީ ކަނޑު އަޑީގައި މަރުވެފައި އޮއްވައެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ހަވީރު 4:10 އެހައިކަންހާއިރު ކަމަށް ވެސް ޢާޒިމް މަޢުލޫމާތު ދެއްވިއެވެ. އޭނާގެ ހަށިގަނޑު ނަގައިފައިވަނީ 44 މީޓަރު އަޑިންނެވެ.
މަރުވެފައިވަނީ ގ.މާލޭހިޔާ 02-113 އަޙުމަދު އަނީސެވެ. އޭނާގެ ޢުމުރަކީ 33 އަހަރެވެ.