ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އިން ސައިކަލު ބުރެއް ބާއްވައިފިއެވެ.
މާރޗު 13 ވީ ހުކުރު ދުވަހު ހަވީރު ބޭއްވި މި ސައިކަލު ބުރަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލުގެ އިންޔިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނިންމާފައިވާތީ، އެކަމަށް ރައްޔިތުންގެ ތާއީދު ހޯދުމަށް ބޭއްވި ސައިކަލު ބުރެކެވެ.
މާލޭ، މޭރީ ބްރައުން ކުރިމަތިން ފަށާ ޕީއެންސީގެ މައި އޮފީސް ދޮރުމައްޗަށް ނިންމި މި ސައިކަލު ބުރުގައި އެޕާޓީގެ އިސްފަރާތްތައް ވަނީ ބައިވެރިވެފައެވެ. އެގޮތުން ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފްއާއި ރައްޔޮތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އާއި މިނިސްޓަރުން ވަނީ ބައިވެރިވެފައެވެ.
މީގެއިތުރުން އެ ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުން ވެސް ބައިވެރިވިއިރު، ޕީއެންސީ އޮފީސް ދިރުމައްޗަށް ސައިކަލު ބުރު ނިންމާލިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވިއެވެ.
އެމަނިކުފާނު ވަނީ އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ގާތުގައި އަހާ އެހުމަށްވެސް އާނއެކޭ ފާހަގަޖެއްސެވުމަށް އެދެނީ ވަރަށް މާތް މަގްސަދެއްގައި ކަމަށް ވިދާޅުވެފައެވެ. އަދި ގައުމުގެ ހަމަޖެހުން ކުރިއަށް ގެންދިއުމާއި ސިޔާސީ ހަލަބޮލިކަން އެކީ އެކައްޗަކަށް ނައްތާލުމާއި، ރައްޔިތުންނަށް ބޭނުންވާ ކުރިއެރުމާއި ހެވާ ލާބަ ހޯދައިދިނުމަށް، ރާއްޖޭގައި މި މުހިންމު އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ނުފޫޒުން އެއްކިބާވެގެން އެންމެ ގިނަ ރައްޔިތުން ނުކުމެގެން ވޯޓު ލެވޭނެ ގޮތް ފަހިވާނެ ގޮތް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވަނީ މީގައި ގާނޫނީ އެއްވެސް ފުށުއެރުންތަކެއް ނެތް ކަމަށާއި މިކަމާއި ރައްޔިތުން ވިސްނައިފިނަމަ ފައިދާ ފެންނާނެ ކަމަށްވެސް ވިދާޅުވެފައެވެ.

