
ނޫސްތަކުގެ އެޑިޓަރުންގެ ޝަރުތަކަށް ސަރުކާރުން ބަދަލު ގެންނަނީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅުމުގެ ބޭނުގައި ކަމަށް ހިތަދޫ ދެކުނުދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ސަރުކާރުން އެމިނިވަންކަމަސް ހުރަސް އެޅިޔަސް ނުސްވެރިންނަށްވެސް ގޯސްކަމެއްވާނީ ގޯސްކަމަކަށް ކަމަށާއި ސަރުކާރުން ކުރައްވާ ގޯސްކަންކަމަކީ ރަނގަޅު ކަމެއް ކަމަށް ނޫސްވެރިންވެސް ނުބުނާނެ ކަމަށެވެ.
"ނޫސްވެރިންނަށްވެސް ގޯސްކަންކަންވާނީ ގޯސްކަންކަމަށް. ރަނގަޅު ކަންކަންވާނީ ރަނގަޅު ކަންކަމަށް. ސަރުކާރުން ބޭނުންވާހާ އެއްޗެއް ހަދަންވެގެން ސަރުކާރުން މަސައްކަތް އެކުރަނީ. އެޑިޓަރުނަކީ ޚަބަރު ހޯދުމާއި ޚަބަރު ލިޔުމާއި ސީދާ ފީލްޑުގައި އެވަރަށް މަސައްކަތްކުރާ ބައެއްނޫން. އެހެންވީމާ އެމަސައްކަތްކުރާ އާދައިގެ ނޫސްވެރންނަށް ކިޔަވައިދީގެން އެކަން ކުރުން މާބޮޑަށްވެސް ރަނގަޅުވާނެ. މީގައި ޑިގްރީ ހަދުވަންވީ އެޑިޓަރުން ލައްވައެއްނޫން. އެކަން ކުރުވަންވީ އާދައިގެ ނޫސްވެރިން ލައްވައި،" އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ބޭނުމަކީ ނޫސްވެރިކަމަށް ހުރަސް އެޅުންކަމަށާއި، މިސްރާއި، ސައުދީއާއި، ޗައިނާ ފަދަ ގައުމުތަކުގައި އެކަން ހިނގާ ގޮތަށް ސަރުކާރުން ނުވަތަ ހޯމްމިނިސްޓްރީން އެކަން ކުރައްވަނީ "ނޫސްވެރިކަމަށް ހުރަސް އަޅަން ކުރާކަމެއްގެ ގޮތުގައި،" ނިޒާރު ވިދާޅުވިއެވެ.