
ރުޅިވުން
އަޙްމަދު: ކަލޭ އެއްކަލަ ޓީޗަރާ އިންނަން އުޅެފައި ކުއްލިއަކަށް ޚިޔާލު ބަދަލުވީ ކީއްވެގެން ހެއްޔެވެ؟
ފަހުދު: މާ ބޮޑު ކަމެއް ނުވެއެވެ. އެއްރޭ އޭނާޔާ ބައްދަލުކުރަން ދާން އޮތް ގަޑިއަށް ނުދެވުނީއެވެ. ފަސް މިނިޓު ފަހުން ދެވުނީމާ ބުނީ މަންމަ ލައްވާ ސޮއިކުރުވައިގެން ސިޓީއެއް ގެނައީމާ ނޫނީ އުޒުރު ގަބޫލުނުކުރާނެ ކަމަށެވެ.
އާމްދަނީ
އިންޓަވިއުކުރާ މީހާ: ކަލޭ ތިޔަ ބުނާ ގޮތުގައި އާމްދަނީއަށް އެގާރަ ހާސް އެއް ސަތޭކަ ރުފިޔާ ލިބޭ ނޫން ހެއްޔެވެ؟ ދެން ތިޔަ ބުނީ އަންހެން ދަރިފުޅުގެ އާމްދަނީއަކީވެސް އެގާރަ ހާސް ރުފިޔާއޭ ނޫން ހެއްޔެވެ؟ އެހެން ވީމާ ދެމީހުންގެ އާމްދަނީ އެއްކޮށްލީމާ ދިރިއުޅެވޭވަރުގެ އާމްދަނީއެއް އެބަލިބެއެއް ނޫން ހެއްޔެވެ؟
އިންޓައުދޭ މީހާ: އަޅުގަނޑު އާމްދަނީ ދެންނެވީ ދަރިފުޅަށް ލިބޭ އާމްދަނީ އެއްކޮށްގެންނެވެ.