
ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސް އިން ވާދަކުރައްވާ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންމޭޓަކަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ހަމަޖައްސައިފިއެވެ.
އިލްޔާސްގެ ރަނިންމޭޓުގެ ގޮތުގައި އަމްރު އިއުލާން ކުރައްވާ، އިލްޔާސްގެ ކެނޑިޑެސީ ފޯމު މިއަދުވަނީ އިލެކްޝަންސް ކޮމިޝަނަށް ހަވާލު ކޮށްފައެވެ.
ދަ ޑިމޮކްރަޓްސްގެ ރިޔާސީ ކެނޑިޑޭޓް ހުޅުމީދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބްގެ ރަނިންމޭޓަކަށް ހަމަޖެއްސި ހުސެއިން އަމްރު ވަނީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަން އަދާކުރައްވާފައެވެ. އަދި މިއަހަރުގެ މާޗުމަހު އެ މަޤާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ.
ދަ ޑިމޮކްރަޓްސްއަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓިއެކެވެ.
އެ ޕާޓީ އުފެއްދީ އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުން ތަކެއްގެ ސަބަބުންނެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ސުންގަޑި މާދަމާ 14:00އަށް ހަމަވާނެއެވެ.