
މި ސަރުކާރު މިއޮތީ ބޮޑުތަނުން ފެއިލްވެފައި ކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާލުވެއްޖެއެވެ.
"ކަނޑު ވިއްކުމާ ދެކޮޅު" ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މި ސަރުކާރު މިހާރު ބަދަލުކުރަން ޖެހިއްޖެ ކަމަށާއި މިކަމުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިގެން ނުވާނެ ކަމަށެވެ.
ގެއްލިގެން ދިޔައީ ރާއްޖޭގެ ސިޔާދަތުގެ ތެރޭގައިވާ ބޮޑު ތަނެއް ކަމަށާއި ވެރިކަމުގައި ހުންނެވުމުގެ މޯރަލް އޮތޯރިޓީ މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނެތް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
އަދި ސަރުކާރު ބަލިކޮށްލަން އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަން ޖެހިވަަޑައިގަންނަވާ ހާލަތެއްގައި އެކަން ވެސް ކުރައްވާނެ ކަމަށާއި އެއާއެކު ސަރުކާރު ބަލި ކޮށްލައްވާނެ ކަމަށް ވެް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ އިސްވެރީން ދެން ގެއަށް ވަންނާނީ މަސްކަނޑުތައް އަނބުރާ ހޯދުމަށްފަހު ކަމަށާއި "ކަނޑު ވިއްކާލި ވިއްކާލުމުގެ" ބަދަލުގައި ރައީސް ސާލިހުގެ މައްޗަށް ދައުވާ ވެސް ކުރާނެ ކަމުގައެވެ.