
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ޖަލަށްލާފައިވަނީ އޭނާ އެއްވެސް ކުށެއްނެތި، ބަޔަކު އޭނާ ފްރޭމްކޮށްގެންކަމަށާ، އޭގައި ސަރުކާރުގެ އަތެއްވާކަމަށް ތުހުމަތުކޮށް ނާޒިމްގެ ޢާއިޅާއިން އދ.އަށް ހުށަހެޅި މައްސަލާގައި އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ޖަވާބުދާރީވާން ދިވެހި ސަރުކާރަށް އަންގައިފި އެވެ.
ނާޒިމްގެ މައްސަލަ އޭނާގެ ޢާއިލާއިން އދ. ގެ ވޯކިން ގުރޫޕަށް ހުށަހަޅާފައިވަނީ، އެމްނެސްޓީ އިންޓަނޭޝަނަލް މެދުވެރިކޮށެވެ.
އަންނަ އޯގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދިވެހިސަރުކާރުން މި މައްސަލާގައި ޖަވާބުދާރީވުމަށް މިހާރު އދ.ގެ ވޯކިން ގުރޫޕުން އަންގާފައިވާ ކަމަށް ނާޒިމްގެ ޢާއިލާއިން ބުނެއެވެ. އެހެންނަމަވެސް ދިވެހި ސަރުކާރުން އަދި މިކަމުގައި އެއްޗެއް ވިދާޅެއްނުވެއެވެ.