ރައީސް އަޒުލުކުރުމަށް ސޮއި ހޯދާ ޕެޓިޝަންގައި އެމްއެންޕީގެ ރައީސް ސޮއި ކޮށްފި

ޗާގޯސް މައްސަލައިގާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ކަންތައްކުރައްވާފައިވާގޮތުން އެ މަނިކުފާނު އަޒުލުކުރުމަށް ސޮއި ހޯދާ ޕެޓިޝަންގައި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ސޮއި ކޮށްފިއެވެ.

އެކަން ހާމަކުރެއްވީ އެމްއެންޕީ އިން ކްލަބު ހައުސްގައި ރޭ ބޭއްވި "ނާޒިމް ބުނީ ކިކޭ؟" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޕްރޮގްރާމުގައި ނާޒިމް ވިދާޅުވީ ޗާގޯސް މައްސަލާގައި  ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ރައީސްއަށް ލިބިފައި ނުވާ ބާރެއް ކަމަށާއި އެފަދަ ކަންކަން ނިންމުމުގެ ބާރު އޮތީ މަޖިލީހުގައި ކަމަށެވެ.

މިސަބަބާއިހުރެ ރައީސުލް ޖުމްހޫރިއްޔާ އަޒުލުކުރުމަށް ސޮއިކުރެއްވީކަމަށްނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުން ނާޒިމް ވިދާޅުވީ އަދުގެ ސަރުކާރު ފެންނަނީ ވަރަށް ދޯހަޅި ސަރުކާރެއްގެ ގޮތުގައި ކަމަށެވެ. އަދި ސަރުކާރުގައި ހިންގުންތެރިކަން ނެތް ކަމަށާއި ގާބިލު މީހުން ނެތްކަމަށެވެ.

ސަރުކާރުގެ ދޯހަޅި ސިޔާސަތްތަކުގެ ވާހަކަދައްކަވަމުން 'ޗައިނާ ފަސްޓް ޕޮލިސީ' ބަލައިގެންފާވާހިނދު ޓައިވާނަށް ސަފީރަކު ހަމަޖަށްސަން ބަލަންވާވަރަށް ނުބަލާ މަޖީލީހަށް ސިޓީ ފޮނުވާފައިވާ މައްސަލަ ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން ޗާގޯސް ކޯލިޝަން މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި މިމައްސަލާގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އެމްއެންޕީއިން ފުރިހަމައަށް އެއްބާރުލުންދޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

މިއީ އެމްއެންޕީއިން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ރޭގެ ޕްރޮގްރާމްގައިވެސް އާންމު ފަރާތްތަކުން ވަރަށް ގިނަ ސުވާލުތަކެއްކޮށް މިޕްރޮގްރާމަށް ވަނީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

މި ޕްރޮގްރާމް ހުށަހަޅާދެއްވީ އެމްއެންޕީގެ ނާއިބް ރައީސް ހުސައިން އިސްމާއިލްއެވެ.

2 ޚިޔާލު

  1. ރައީސް މައުމޫނުގެ 30 އަހަރުގައި މިކަހަލަ ބަޣަވާތްތަކާ މިލިއަން ޑޮލަރުން ކޮރަޕްޝަނެއް ނެތެވެ. މިސްކިތްތަކަށް އޮރިޔާމާ ނުވަދެވެއެވެ. ފަތުރުވެރިންވެސް ވަންނަންޖެހޭނީ ވަކި އިމެއްގެ ތެރެއިން ހެދުން އަޅައިގެންނެވެ. ރާއްޖޭގެ ރަށްތަކުގަ ޑުރަގު އާންމެއް ނުވެއެވެ. އެކަކު އަނެކަކަށް އިހުތިރާމްކުރުން އޮވެއެވެ. ނަމަވެސް ކެނެރީގޭ ނަޝީދު ކިޔާ މީހަކު މިގައުމަށް ފާވެ، އޭގެ ފަހަތުން އެކިއެކި ހިޔަޅުތައް އައިސް ގައުމު ސުންނާފަތިކޮށްލައިފިއެވެ. ނާޒިމްއަކީވެސް އޭގެތެރެއިންވާ މީހެކެވެ. ގައުމުގެ ތިޖޫރި ދަވާލައިފިއެވެ. އަޅުގަނޑުގެ ދުއާއަކީ މިކަހަލަ މުޑުދާރު މީހުންގެ ސަބަބުން ޤައުމު ހިމާޔަތްކޮށް އަޅުގަނޑުގެ ރާއްޖެއަށް އަދަށްވުރެ ފެހި މާދަމާއެކެވެ

  2. Nazım aky abadhuves Qaanoony sarukaaru thakaaa dhekolhah nukunna Qaanoonu kurimathygai adhabeh ahulaageh neiy amilla edhumun foavefa huri nubai meehekey gına baehge dhulun bunaathy adu iveny misababuthah mihen hurumun

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.