
މިއަދުން ފެށިގެން ފިހާރަތައް ފަތިހު 5:30 ން މެންދަމު 1 ޖަހަންދެން ބެހެއްޓޭގޮތަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
އެ މިނިސްޓްރީން ބުނީ މިއީ މިއަހަރުގެ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހަށް ކަނޑައެޅި ވަގުތެއް ކަމަށެވެ.
މީގެ އިތުރުން ކެފޭ، ރެސްޓޯރެންޓު ފަދަ ތަންތަނުން ޚިދުމަތް ދެވޭނެ ގަޑިތައް ވެސް ވަނީ ކަނޑައަޅާފަ އެވެ.
އެގޮތުން ރޯދަމަހު ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވައިގެން ޚިދުމަތް ދެވޭނީ ހަވީރު 5:30އިން މެންދަމު 3 ޖަހަންދެން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ވެސް އެގަޑިތަކުގައި ޚިދފުމަތް ދެވޭނެ ކަމަށް ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ޚިދުމަތް ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަމަހު ވިޔަފާރިކުރާ ތަންތަނާއި ކެފޭ އަދި ރެސްޓޯރެންޓު ފަދަ ތަންތަނުން ޚިދުމަތްދޭ ވަގުތަށް ބަދަލު ގެނެއެވެ.