
ދައުލަތުގެ ޓެކްސް ނިޒާމު އިސްލާހު ކުރުމަށް، ގެންނަންޖެހޭ ބަދަލުތައް ދެނެގަތަމަށް އިކޮނޮމިކް މިނިސްޓްރީއިން ކޮމެޓީ އެއް އެކުލަވާލައިފިއެވެ.
މިކަމާ ބެހޭގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ފައްޔާޒު އިސްމާޢީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ ވެރިންނާއި، ޤާނޫނީ ވަކީލުންގެ އިތުރުން، ޕްރައިވެޓް ސެކްޓަރގައި ހިމެނޭ އޮޑިޓަރުން މި ކޮމިޓީގައި ހިމަނުއްވާފައި ވާނެ ކަމަށެވެ.
މިކޮމެޓީގެ ބޭނުމަކީ ދައުލަތުގެ ޓެކްސް ނިޒާމު ހަރުދަނާ ކުރުމަށް، ގެންނަން ޖެހޭ ބަދަލުތަށް ދެނެގަނެ އަދި ޓެކްސް ޤާނޫނު ތަންފީޒު ކުރުމުގައި ދިމާވާ މައްސަލަތައް ދެނެގަތުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ވަރުގަދަ އަދި ހުރިހާ ފަރާތަކަށް ވެސް އިންސާފުވެރި ޓެކްސް ނިޒާމެއް ޤާއިމު ކުރުމަކީ ސަރުކާރުގެ އަމާޒު ހިފައިފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ދައުލަތުގެ ޓެކްސް ނިޒާމަށް އިސްލާޙު ގެންނަން ޖެހޭ ކަމަށް މީގެ ކުރިން ވެސް މިނިސްޓަރ ފައްޔާޒު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ފައްޔާޒު ވަނީ ދައުލަތުގެ ޓެކްސް އިދާރާ މީރާ އަކީ، ވިޔަފާރިތަކަށް އޮތް ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ މިރާ އުފެދިގެން އައި މަޤްސަދު ނޫންކަންވެސް ވިދާޅުވިއެވެ.