
ރާއްޖެ ދުނިޔެއަށް ތަޢާރަފުނުވާއިރު، ސްރީލަންކާއަކީ، ޚާރިޖީ ގޮތުންނާއި ވިޔަފާރީގެ ގޮތުން، އަދި ތަޢުލީމީ ގޮތުންނާއި ޞިއްޙީގޮތުންވެސް ދިވެހިންނާއި ދުނިޔެ ގުޅުވާލަދިން ފާލަމެއް ކަމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުޙަންމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ ސްރީލަންކާގެ 75 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގަ އެވެ.
ނާޒިމް ވިދާޅުވީ ސްރީލަންކާއަކީ ދިވެހިންގެ ތަރައްޤީއާއި ތަމައްދުނުގެ އެންމެ ޒަމާންވީ ބައިވެރިޔާ ކަމަށެވެ. އަދި ދިވެހިންގެ އެންމެ ދަތިދުވަސްތަކުގައިވެސް އެންމެ ގާތުގައި ތިބި ރަޙްމަތްތެރިން ކަމުގައެވެ.
ނާޒިމް ވިދާޅުވެފައިވަނީ، ދިވެހި ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާއިން ވެފައިވާ އެހީތެރިކަން ދިވެހިން އަބަދުވެސް ދަންނާނޭ ކަމުގައެވެ.