ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި

އެއްޖިއްސުން ގުޅުން ހިންގިކަމުގެ ކުށުގައި ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އޭނާ އަށް މި ހުކުމް އައީ އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާތީއެވެ.

ނާޒިމް ސައްތާރު އެކަމަށް އިއުތުރާފް ވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް އާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެފައިވާ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައެވެ.

އެހެންވެ، އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން މިއަދުކުރި ހުކުމުގައި ވަނީ ދައުލަތުން ނާޒިމްގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުންހިންގުމުގެ ކުށުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާ ކަމަށެވެ.

ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގިރްއާއެކު ނާޒިމް އެއްޖިންސުން ގުޅުން ހިންގި ކަމަށް އަލްމްގިރް ވެސް ވަނީ ޝަރީއަތުގައި އިއުތިރާފުވެފައިވާތީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެ، އަލަމްގިރް މިހާރު ދަނީ ޖަލުހުކުމެއް ތަންފީޒުކުރަމުންނެވެ.

1 ޚިޔާލު

  1. ޒިނޭކުރުމާއި ޝަރީކުކުރުމާ ކުޑަކުދިންނާ ބެހުމާ އަމިއްލަ ދަރިންނާ ބެހުމާ އަނބިންނަށް އަނިޔާކުރުމާ ރޭޕްކުރުމާ މަސްތުވުމާ ރާބުއިމާ ބަރަހަނާވުމާ މަކަރާ ހީލަތް ހަދައިގެން ފައިސާ ފޭރުމާ ވައްކަންކުރުމާ މާރާމާރިއާ މީހުން މެރުމަށްވުރެ އެއްޖިންސުން ގުޅުން ހިންގުން ނުބައެއް ނުވާނެ. ޒިނޭކުރީމަ އޯގަދަ. ޢެއްޖުންސުންގުޅުން ހިންގީމަ ޗީޗީ. މިއީ މުނާފިގުކަން. ކަނޑުގެ ފޮނުގަނޑަށްވުރެ ފާފަ ގިނަވިއަސް އެކަލާންގެ ފުއްސަވާދެއްވާނެ. ތައުބާވެ އެކަލާންގެ މަގަށް ރުޖޫއަވޭ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.