އެއްޖިންސުން ގުޅުން ހިންގިކަމަށް ނާޒިމް ސައްތާރު އިޢުތިރާފް ވެއްޖެ

އެއްޖިންސުން ގުޅުން ހިންގިކަމަށް ނާޒިމް ސައްތާރު އިޢުތިރާފް ވެއްޖެއެވެ.

މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ނާޒިމް ވިދާޅުވީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) އާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށެވެ.

އެހެންނަމަވެސް ލިވާތު ކުރެއްވި ކަމަށް އިންކާރު ކުރައްވާ ކަމަށާއި ލިވާތު ކަމަށް އިސްލާމީ ޝަރީއަތުގައި އޮންނަނީ ފިރިހެނެއްގެ ޒަކަރު އެހެން ފިރިހެނެއްގެ ފުރަގަސްފަރާތަށް ވެއްދުމުގެ މާނައިގާ ކަމަށް ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު އިއުތިރާފު ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ދައުވާ ލިވާތުގެ ވާހަކަ ނެތް ކަމަށާއި ނޫސްތަކުގައި އޭނާ ލިވާތު ކުރެއްވި ކަމަށް ލިޔާނަމަ ދައުވާ ކުރައްވާނެ ކަމަށެވެ.

އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ޖުލައި މަހުގެ 28 ވަނަ ދުވަހު، ނާޒިމް ހައްޔަރު ކުރިނަމަވެސް މިދިޔަ މަހު 12 ވަނަ ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ.

އަލަމްގިރި ކުށަށް އިއުތިރާފުވެ ވީހާ ވެސް ކުޑަ އަދަބެއް ކަނޑައަޅައި ދިނުމަށް އެދުމުން ގާނޫނުލްއުގޫބާތުގެ 1106 ވަނަ މާއްދާގެ ދަށުން އަސާސީ މިންގަޑުން އަދަބުގެ އެއް ދަރަޖަ ދަށްކޮށް، އަލަމްގިރި އަށް ހުކުމް ކުރީ 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.