ނާޒިމް ސައްތާރު ހައްޔަރުކުރުމުން ރައީސް ނަޝީދުގެ ހިތްހަމަނުޖެހުން ރައީސް ސާލިހަށް!

ގާނޫނީ ވަކީލު ނާޒިމް ސައްތާރު، ފުލުހުން ހައްޔަރުކުރުމުން ރައީސް ނަޝީދު ހިތްހަމަނުޖެހުން ފާޅުކުރައްވާ ރައީސް ސާލިހަށާއި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު، ނާޒިމް ސައްތާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ބަންގްލަދޭޝްގެ އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގާ، އެކަމުގައި ޝާމިލުވާ ފަރާތްތައް ހައްޔަރުކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަނުގައެވެ.

މި އޮޕަރޭޝަން ގައި ނާޒިމް ސައްތާރު ހައްޔަރުކުރުމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ސޯލިހުގެ ސަރުކާރުން އޭނާގެ ކޮއްކޯފުޅު، އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތަށް ހައްޔަރުކުރީ އިޖުރާއަތުތަކުގެ ބޭރުން ކަމަށެވެ.

މީގެ އިތުރުން ނާޒިމް ހައްޔަރުކުރުމަކީ ސިޔާސީ ކަމެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެ އަމަލަކީ ކޯލިޝަންގައި ހިމެނޭ ހައްދުފަހަނައަޅާފައިވާ ފަރާތްތައް ރުއްސަން ސަރުކާރުން ކުރި ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގާ ފުލުހުން މިހައިތަނަށް ވަނީ ފުލުހަކާއި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.