މިހާލަތުގަ ގައުމު އަނބުރާ އަމާން އައްސޭރިއަކަށް ވާސިލް ކުރެވޭނީ އެންއެންޕީއަށް: ގްލޯރިއާ ހުސައިން

މިހާލަތުގަ ގައުމު އަނބުރާ އަމާން އައްސޭރިއަކަށް ވާސިލް ކުރެވޭނީ އެންއެންޕީއަށް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް ގްލޯރިއާ ހުސައިން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދީ މިނިވަންކަން މިހާރު ނެތް ކަމަށެވެ. އަދި މިހާލަތުގަ ގައުމު އަބުރާ އަމާން އައްސޭރިއަކަށް ވާސިލް ކުރެވޭނީ އެންއެންޕީއަށާއި އެޕާޓީގެ ރައީސް ކާނަލް ނާޒިމްއަށް ކަމަށެވެ.

މަޝްހޫރު ވިޔަފާރި ވެރިޔާ ގްލޯރިއާ ހުސެއިންގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، 2023 ގެ ރިޔާސީ އިންތިޚާބުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް ބަލާއިރު، އެންމެ ގާބިލް ބޭފުޅެއްގެ ގޮތުގައި މިހާރު ހުރީ އެމްއެންޕީގެ ރައީސް ކާނަލް ނާޒިމް ކަމުގައެވެ.

" ވައްކަމާއި ކޮރަޕްޝަން ހުއްޓުވާ، އަދުލު އިންސާފު ގާއިމް ކޮށްދީ، ގައުމުގެ ސިޔާދަތު ހިފެހެއްޓޭނޭވަރުގެ ހަރުދަނާ އެހެން ލީޑަރެއް މިހާރު ސިޔާސީ މަސްރަހުގައި ނެތް." ހުސައިން ވިދާޅުވިއެވެ.

ހުސެއިން އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިހާރުވަނީ ބޭރުގެ ފަރާތްތަކުގެ އަތްމައްޗަށް ގޮސްފައި ކަމަށާއި އަތުން ދޫވެ ގޮސްފައިވާ އިގްތިސާދު އަބުރާ ދިވެހިންނަށް ހޯއްދަވައިދެއްވޭނެ ހަމައެކަނި ލީޑަރަކީ ކާނަލް ނާޒިމް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ހަގީގީ ކުރިއެރުން ގެނެވެން އޮތީ އެމްއެންޕީ ވެރިކަމަށް އައިސްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.