ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކުރުމަށް އެމްއެންޕީން ގޮވާލައިފިއެވެ.
ޔޯގާ އާ ގުޅިގެން ބޮޑު ޚިޔާލުތަފާތުވުންތަކެއްގައި ރާއްޖެ އޮތް އިރު، އެމްއެންޕީ ގެ ރައީސް ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތްއޮތުން ނިމުމަކަށް އަންނަން ޖެހޭ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތްއޮތުން ނިމުމަކަށް އަންނަން ޖެހޭ.
ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭން ޖެހޭ.
— Col(rtd)Mohamed Nazim MP (@nazim7878) July 27, 2022
މިއަހަރުގެ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަށް ބަޔަކު ވަދެ، ވަނީ ހަމަނުޖެހުން ހިންގާފައެވެ.
އެ ހަމަނުޖެހުމަށްފަހު، ޔޯގާގެ ސައްޙަކަމާއި ގުޅޭގޮތުން އިލްމުވެރިންނާއި ބައެއް އެހެން ފަރާތްތަކާ ދެމެދު ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. އަދި އެކަމުގައި ހައްލު ނުލިބި، ބޮޑެތި ދެބަސްވުންތަކެއް ވެސް ވަނީ އުފެދިފައެވެ.