އެމްއެންޕީ ގެ ގިނަ މެމްބަރުން ބޭނުންވަނީ ޕީއެންސީ އާއެކު ކޯލިޝަން ހަދަން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ގިނަ މެމްބަރުން ބޭނުންވަނީ ޕީއެންސީ ގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު އާއެކު ކޯލިޝަން ހަދަން ކަމަށް އެ މެމްބަރުން ހާމަކޮށްފިއެވެ.

އެ ޕާޓީ އިން ބޭއްވި ކައުންސިލު ޖަލްސާގައި ބައިވެރި ގިނަ މެމްބަރުން އެގޮތަށް ތާއީދު ކުރިނަމަވެސް ކޯލިޝަން ހަދާނެ ޕާޓިއެއް ފައިނަލް ކުރާނީ އެކްޒެކެޓިވް ކޮމެޓީ މީޓިންގ ގައި ކަަމަށް އެމްއެންޕީ އިން ބުނެއެވެ.

އެމްއެންޕީ އިން ބުނީ ކޯލިޝަން ހެދުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މެމްބަރުން މިނިވަންކަމާއެކު ޚިޔާލު ފާޅުކޮށް، މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ގިނަ މެމްބަރުންގެ ޚިޔާލުތަކަށް ބަލާއިރު، ޕީޕީއެމް، ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް ގިނަ މެމްބަރުންނަސް ފެންނަކަމަށް ހިޔާލުފާޅުކުރި ކަމަށެވެ.

އެހެންނަމަވެސް ކޯލިޝަން ހަދާނެ ޕާޓީއެއް މުޅީން ފައިނަލް ކުރާނީ އެކްޒެކެޓިވް މީޓިންގ ގައި ކަމަށް އެ ޕާޓީ އިން ބުނެއެވެ.

ރިޔާސީ އިންތިޚާބުގައި 101635 މީހުންގެ ވޯޓު ހޯއްދަވައިގެން ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. ދެވަނަ ލިބިވަޑައިގަތީ 86161 މީހުންގެ ވޯޓާ އެކީ ލިބިވަޑައިގަތީ ރައީސް ޞާލިޙަށެވެ. އަދި 15839 މީހުންގެ ވޯޓާއި އެކު ދަ ޑިމޮކްރެޓުންގެ ކެންޑިޑޭޓު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ތިންވަނަ ލިބުނު އިރު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ލިބިވަޑައިގަތީ 6343 މީހުންގެ ވޯޓެވެ.

8 ކެންޑިޑޭޓުން ވާދަކުރެއްވި ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމަށް ލިބިވަޑައިގަތީ އިންތިޚާބުގެ 7 ވަނައެވެ. އޭނާއަށް ލިބިވަޑައިގަތީ 1906 ވޯޓެވެ.

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.