
އިގްތިސާދީ ހާލަތު ގޯސްވެފައި ވާއިރު ޚިދުމަތެއް ލިބެން ނެތް ކަމަށް ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް ބޮޑު ވަމުން އަންނަ ކަމަށާއި ޓީޗަރުންގެ މުސާރަ ބޮޑުކުރިކަމަށް ބުނުމަށް ފަހު ތަކެތީގެ އަގު ބޮޑުވުމުން މުސާރައަށް ލިބުނު ކުރިއެރުން ދެކޮޅު ނުޖެހޭ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރެވިގެންދިޔަކަން ފާހަގަކުރައްވާ ފަޒުލް ވިދާޅުވީ އެކަން ފެނިގެން ދިޔަ ކަމަށެވެ.
އެހެންނަމަވެސް މިސަރުކާރުން ލޯނު ނަގައިގެން ކުރާކަމެއް ފެންނަން ނެތް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދިނުމަކީ "ކަރަށް ފައިން އެރުން" ކަމަށް ވެސް ފަޒުލް ވަނީ ވިދާޅުވެފައެވެ.