މިސަރުކާރުގެ އެންމެ އިސް ވާޖިބަކީ އިސްލާމީ އަޤީދާއަށް ބޯލަނބާ އެކަކު އަނެކަކަށް އަޅާލާ، އެހީތެރިވެ އުޅޭ މާހައުލެއް ދަރިވަރުންނަށް ޤާއިމްކޮށްދިނުން: ފައިސަލް ނަސީމް

މިސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އިސްލާމީ އަޤީދާއަށް ބޯލަނބާ އިޙްތިރާމާއި ނަޒާޙަތްތެރިކަމާއި އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އަޅާލާ، އެހީތެރިވެ އުޅޭ މާހައުލެއް ދަރިވަރުންނަށް ޤާއިމްކޮށް ދިނުންކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، މިސަރުކާރުން ތަޢުލީމީ ދާއިރާއިން، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި އެކު ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވެވިއެވެ.

މީގެ އިތުރުން ކިޔަވައިދެވޭ މާޙައުލާއި ގޮތްތައް ބަދަލުކޮށް، މަތީފަންތީގެ ތަޢުލީމީ ޚިދުމަތްތަކަށް ބޭނުންވެފައިވާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާ ދިޔުމާއި އެއްވަރަށް ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަލްޖެރީ ހޯލްޑިންގސް ގުރޫޕާއިއެކު ސަރުކާރުން ކުރާ މިމަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތެއްކަމަށެވެ.

" އަޅުގަނޑުމެންގެ ދަރިންނަށް ތަޢުލީމު ދިނުމުގައި، ނުރަނގަޅުކަންކަމުގެ ތެރެއަށް ކުދިން ހުށައެޅިގެން ދިޔަ ނުދިމާއި، ދިރިއުޅުމުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމާއި ހުރިހާ ބާވަތެއްގެ އަނިޔާއިން ކުދިން ސަލާމަތްކުރުމުގެ މުހިންމު ކަމެއް." ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ގެ އާއި ސްކޫލާއި އެހެނިހެން ތަންތަނަކީ ވެސް، ކުދީންނަށް އެކަށީގެންވާ ރައްކާތެރި މާހައުލަކަށް ހަދައި ދިނުމަކީ، ސަރުކާރާއި ސިޔާސަތުތައް ކަނޑައަޅާފަރާތްތަކާއި، ބެލެނިވެރިންނާއި ބަލަދުވެރިންގެ ޒިންމާއެއް ކަމަށެވެ. އަދި އެއީ މުޖުތަމަޢުގެ ވެސް ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.