
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެސިޓީގެ ކައުންސިލަށާއި، ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ ހިމެނެއެވެ. އޭގެ އިތުރަށް އެ ސިޓީގެ ޑިޓޮކްސިފިކޭޝަން ސެންޓަރަށާއި، ފުވައްމުލަކު ހޮސްޕިޓަލަށް ވެސް ޒިޔާރަތްކުރެއްވިއެވެ. އެތަންތަނަށް ޒިޔާރަތް ކުރައްވައި ނާއިބު ރައީސްވަނީ އެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ބައްދަލުކޮށްލައްވައި، އެތަންތަނުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވައިލައްވައިފައެވެ.
މިޒިޔާރަތުގައި އެމަނިކުފާނުވަނީ ފުވައްމުލަކު ސްކޫލް ވަށައިގެން އޮންނަ މަގުތަކުގެ ޙާލަތު ބައްލަވައިލައްވައިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ މިދަތުރުފުޅަކީ އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު ވަނީ އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގެން އެސީޓީގެ މުޢައްސަސާތަކަށް ޒިޔާރަތް ކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވައި ލައްވައިފައެވެ.