މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: މިނިސްޓަރ

މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކޮށް، ވަށާޖެހޭ ނިޒާމަކާއެކު ވިޔަފާރި ބަނދަރުގައި ބައިނަލްއަޤްވާމީ ކަނޑުގެ ބަނދަރާއި، އަތޮޅުތެރެ އާއި ރިސޯޓްތަކަށް ޚިދުމަތްދޭ ބަނދަރާއި، ވިޔަފާރީގެ ގުދަން ކުރުމާއި، ގަނެވިއްކާ ސަރަހައްދުތައް ވެސް ހިމެނޭގޮތަށް ތަރައްޤީކުރަން ފަށާފައިވާ ބިޔަ މަޝްރޫޢުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ އެ މަސައްކަތް ނިންމަވާނެ ތާރީޚެއްވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ކަމަށާއި، އެއީ ނޮވެންބަރު 2027 ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިހާރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުންވެސް އެގެންދަވަނީ ފުޅާދާއިރާއެއްގައި ވިޔަފާރިވެރިންނާވެސް މިކަމުވައި މަޝްވަރާކުރައްވަމުން ކަމަށެވެ.

"މި ބަނދަރަކީވެސް ކުރަން ކުރަން މީގެ ކުރީ ސަރުކާރުތަކުން ކިޔަކިޔާ ނުފެށި ލަސްވެގެން ގޮސްފައިވާ މުހިންމު މަޝްރޫޢެއް. ރާއްޖޭގެ އިޤްތިޞާދު އެހެންހަރުފަތަކަށް ގެންދިއުމަށް އެޅިފައިވާ ބޮޑު ހުރަހެއް"، މިނިސްޓަރ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.