އދ. ގެ މައި މަރުކަޒުގައި އިމާމްވެ ހުކުރު ކުރައްވާ ފުރަތަމަ ރައީސްއަކަށް ޢަބްދުﷲ ޝާހިދު

އދ. ގެ މައި މަރުކަޒުގައި އިމާމްވެ ހުކުރު ކުރައްވާ ފުރަތަމަ ރައީސްއަކަށް ޢަބްދުﷲ ޝާހިދު ވެވަޑައިގެންފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އދ. ގެ މައި މަރުކަޒުގައި މިއަދުގެ ހުކުރު ހުކުރު ނަމާދު އިމާމްވެ ކުރައްވާނީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކަމަށެވެ.

ކޮންމެ ހުކުރު ދުވަހަކު އދ. ގެ މައި މަރުކަޒުގައި އިސްލާމީ ގައުމުތަކުގެ މަންދޫބުންނާއި އދ. ގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުން ޖަމާއަތުގައި ހުކުރު ނަމާދު ކުރާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ނިއުޔޯކްގައި ހުކުރު ނަމާދު ކުރާނީ ރާއްޖޭގެ ގަޑިން މިރޭ 10:00 އަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަޤާމުގައި ވެސް ހުންނެވި ޢަބްދުﷲ ޝާހިދު، އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ އދ. ގެ އާއްމު މަޖިލީހުގެ ރައީސަކު އެ ޖަމްއިއްޔާގެ މައި އިދާރާގައި އިމާމްވެ ހުކުރު ކުރައްވާ ފުރަތަމަ ފަހަރުވެސް މެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.