
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ހުރިހައި ސަރަހައްދަކަށް ކަރަންޓު ދީފައިވާކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
މއަދި ކަރަންޓު ކެނޑުނީ މަގުހެދުމުގެ ތެރެއިން ޑިސްޓްރިބުޝަން ކޭބަލެއް ބުރިވެގެން ގްރޭޓާ މާލޭ ކަނެކްޓިވިޓީ ގްރިޑުގެ ޚިދުމަތް މެދުކެނޑިގެންނެވެ. އަދި ކޭބަލް ބުރިވީ ހުޅުމާލެއިންނެވެ.
އެ ކުންފުނިން މިހެން ބުނެފައިވީނަމަވެސް ކަރަންޓު ނުލިބޭ ގެއެއް ހުރި ނަމަ ސްޓެލްކޯއަށް 104 ނަމްބަރަށް ގުޅޫއްވައިގެން އެންގުމަށް ވަނީ އެދިފައެވެ.
ހުޅުމާލެއާއި މާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ހިންގި ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން ގްރިޑްގެ މަސައްކަތް ނިންމައި އޮޕަރޭޝަނަށް ގެނެސްފައިވަނީ މިދިޔަ 2021 ވަނަ އަހަރުގެ ފަހުކޮޅުއެވެ.