މުޅި މާލެއަށް އަލުން ކަރަންޓު ދީފި - ނުލިބޭނަމަ 104 އަށް އަވަހަށް ގުޅުއްވާ

ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް ސްޓޭބަލް ކުރެވި، މިހާރު ވަނީ މުޅި މާލެއަށް އަލުން ކަރަންޓު ދެވިފައި ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ އެއްވެސް ކަސްޓަމަރަކަށް ކަރަންޓު ނުލިބިވާނަމަ، 104 ނަންބަރަށް ގުޅުއްވުން އެދޭ ކަމަށާއި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް މަޢާފަށް އެދޭ ކަމަށެވެ.

ސްޓެލްކޯ އިން ބުނެފައިވަނީ މާލެއިން ކަރަންޓުގެ ޚިދުމަތް މެދު ކެނޑިފައިވަނީ، ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން  ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.