
މި އަހަރުގެ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. އެއީ އާ ދައުރަކަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހެވެ. އެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހާ މުޠަތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގައި ކުރައްވާ ތަގުރީރުގައި އާއްމު އުސޫލެއްގެ ގޮތުން އޮންނަނީ ފާއިތުިވެ ދިޔަ އަހަރު ސަރުކާރު ހިންގި ގޮތާއި ޚަރަދުބަރަދު ވިދާޅުވެދެއްވުމާއި ކުރިއަށް އޮތް އަހަރުގެ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ހާމަ ކުރެއްވުމެވެ.
ފެބުއަރީ 3 ވަނަ ދުވަހަކީ ބުރާސްފަތި ދުވަހެކެވެ. ވުމާއެކު ވިދިގެން އަންނަ ހުކުރުދުވަހާއި ހޮނިހިރު ދުވަހާއެކު ސަރުކާރުގެ މުވައްޒަފުންނަށް ވިދިވިދިގެން 3 ދުވަސް ބަންދު ދުވަހުގެ ގޮތުގައި ލިބޭނެއެވެ.