ރައީސް ނަޝީދުގެ އޯޑިއޯ މަޖިލީހުގައި އިއްވުމާ މެދު މެންބަރުން ދެކޮޅުވެ މަޖިލީސް ހޫނުވެއްޖެ

ސްލާމްދީނާ ދެކޮޅަށް ރައީސް ނަޝީދު ދައްކަވައިފައިވާކަމަށް ބުނެ އާއްމުވެފައިވާ ވީޑިއޯއެއް މަޖިލީހުގައި އިއްވުމާ މެދު މިއަދު ވޯޓަކަށް އ އ ަހައިފިއެވެ. އެމްޑީޕީގެ ސްޕަރ މެޖޯރިޓީ އޮންނަ މަޖިލީހުގެ ވޯޓުން ނިންމައިފައި ވަނީ އެއޯޑިއޯ މަޖިލީހުގައި ނުއިއްވޭނެކަމަށެވެ. އޯޑިއޯ އިއްވުމާ ދެކޮޅަށް 64 ވޯޓު ދެއްވިއެވެ. އޯޑިއޯ އިއްވުމަށް ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 10 މެމްބަރުންނެވެ.

މިއޯޑިއޯ އަޑު އިއްވުމަށް މަސައްކަތް ކުރެއްވީ މަހިބަދޫ ދާއިރާގެ މެމްބަރ އަޙްމަދު ޠާރީޤެވެ. އެނާ އޯޑިއޯ ޖެއްސުވުމުގެ ކުރިން ވިދާޅުވީ މިއަދު ހެދުނުގެ ސެޝަންގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އޯޑިއޯއެއް އިއްވުމަށް ރައީސް ފުރުޞަތު ދެއްވުމުން އެ އޯޑިއޯވެސް އަޑު އައްސަވާލުން ރަނގަޅުވާނެކަމަށެވެ. ނަމަވެސް އެއޯޑިއޯ ޖެއްސެވުމާއެކު މަޖިލީސްތެރޭގައި ވަނީ ހަލަބޮލިވެ އެންޑީޕީގެ މެމްބަރުން އެ އޯޑިއޯ ޖެހުމާ ދެކޮޅު ހައްދަވައިފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ އެ އޯޑިއޯ ބޭނުންކުރުމާ މެދު މެމްބަރަކު އިޢްތިރާޒް ކޮށްފިނަމަ އެކަން ނިންމަން ޖެހޭނީ ނަގާ ވޯޓަކުން ކަމަށެވެ. އެކަމަށް ކެނދިކޮޅުދޫ ދާއިރާގެމެންބަރ އަޙްމަދު ޢީސާ ވަނީ އިޢްތިރާޒްކުރައްވައިފައެވެ. މަޖިލީހުގެ ޤަވާއިދުގެ 62 ވަނަ މާއްދާގެ (ނ) ގައި ބުނަނީ މަޖިލީހުގެ ބަހުސްގައި އިތުރު ވަޞީލަތް ބޭނުންކުރުމަށް މެމްބަރަކު އިޢްތިރާޒުކޮށްފައި ވާނަމަ މެމްބަރުންނަށް ފެންނަގޮތެއް ނިންމަން ވާނީ ވޯޓަކުން ކަމަށެވެ.

މިއަދުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް ވަނީ ރައީސް ޔާމީން އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ވާހަކަފުޅުތަކެއްގެ އޯޑިއޯ މަޖިލީހުގައި އިއްވައިފައެވެ. އެ އޯޑިއޯ އިއްވުމުން ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ހިންނަވަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވަނީ އެ އޯޑިއޯ މަޖިލީހުގައި ނީއްވޭނެކަމަށް ނިޒާމީ ނުކުތާއެއް ނަންގަވައިގެން ވިދާޅުވެފައެވެ. ރިޔާސަތުން ވަނީ ސާފުވެވަޑައި ނުގަންނަވާކަމަށް ވިދާޅުވެ ދެވަނަ ފަހަރަށްވެސް އޯޑިއޯ އިއްވައި ދިނުމަށް އެދިވަޑައިގެން، އެ އޯޑިއޯ އިއްވުމުގެ ފުރުޞަތު މެދު ހެންވޭރު ދާއިރާގެ މެމްބަރަށް ދެއްވައިފައެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯރޓާގުޅިގެން ހުށަހެޅުނު ކުއްލި މައްސަލައިގެ ބަހުސްގައި ތާރިޤް އިއްވަން އުޅުނު ވީޑިއޯއާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ވޯޓް ދެއްވުމުން އޭނާ ވިދާޅުވީ އެ އޯޑިއޯ އަހާލުމުގެ ޤާބިލްކަންވެސް އެމްޑީޕީގެ މެމްބަރުންގެ ނެތްކަމަށެވެ. ބަހުސްގައި ވާހަކަ ދައްކަވަމުން މަހިބަދޫ ދާއިރާގެ މެމްބަރ އަޙްމަދު ޠާރިޤް ވިދާޅުވީ ޝަހިންދާ އާއި އެމްޑީއެން އާ މި ސަރުކާރަކީ އެކައްޗެއްކަމަށެވެ. އެމައްސަލައިގައި އެޖަމްޢިއްޔާ އާ ދެތެރޭގައި މިސަރުކާރަށް ފިޔަވަޅެއް އަޅާކަށް ނުކެރޭނެކަމަށް ވެސް އެނާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ޕޮލިސް ކޮމިޝަނަރަކީވެސް އެމްޑީއެންގެ މެމްބަރުންކަމަށް، މެމްބަރ ޠާރިޤް ތުހުމަތު ކުރެއްވިއެވެ. އެމްޑީއެން އުވާލައިފައިވާ ކަމަށްވެސް އަޑު އިވެމުންދާ އިރު އެޖަމްޢިއްޔާ އަނެއްކާ އައިސްފައިވަނީ ކިހިނެއްތޯވެސް ބެލެން ޖެހޭނެ ކަމަށް ޠާރިޤް ވިޅުވިއެވެ. މ

މިއަދުގެ ޖަލްސާގައި އެމްޑީޕީ މެމްބަރުން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯރޓަކީ މިދިޔަ ސަރުކާރުގައި ނެރެފައިވާ ރިޕޯރޓަކަށްވާއިރު މިދިޔަ ސަރުކާރުން އެމައްސަލަ ބަލައި ފިޔަވަޅު އަޅައިފައި ނުވާތީ އެމައްސަލަ ބެލެން ޖެހޭނެކަށެވެ. އަދި ރައީސް ޔާމީން ވަނީ އިސްލާމްދިނަށް ފުރައްސާރަކުރުމުގެ ވާހަކަތަކެއް ވިދާޅުވެފައިކަމާށާއި އެކަންކަން ބަލާ ފިޔަޅު އަޅަން ޖެހޭނެކަމަށެވެ.

އެމްޑިއެންގެ ރިޕޯރޓާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ޢަބްދުﷲ އެވެ. މި ކުއްލި މައްސަލަ މަޖިލީހުން ބަލައިގެންފައި ވަނީ 55 މެމްބަރުންގެ ޢިއްތިފޤުންނެވެ. ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުށަހެޅުއްވި މައްސަލައިގައި ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި މާތް ﷲ ގެ ކުޅަދުންވަންތަކަމާއި އެކަލާނގެ ވަހީ ބަސްފުޅުތަކާއި ކީރިތި ޤުރުއާނުން ސާބިތުވެފައިވާ ކަންކަމަށް ސުވާލު އުފައްދާފައިވާ ކަމަށެވެ. މިމައްސަލައިގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ އެރިޕޯރޓް ކުށްވެރިކުރައްވައިފައެވެ. ބައެއް މެމްބަރުން ވަނީ އެމްޑީއެން އުވާލުމަށްވެސް ގޮވާ ލައްވައިފައެވެ.

މިއަދުގެ ޖަލްސާގައި ވަނީ މިމައްސަލައިގައި ބަހުސް ކުރުމަށަ ބޭނުންވާ ހުރިހާ މެމްބަރުންނަށް ފުރުޞަތު ދިނުމަށް ފާސްކޮށް، ބޭނުންފުޅުވި ހުރިހާ މެމްބަރުންނަށް ބަހުސްކުރުމުގެ ފުރުޞަތު ދެއްވައި ފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.