އައްޑު އަތޮޅުގައި ބޭއްވި ފަލިޖެހުމުގެ މުބާރާތް ނިމިއްޖެ

ރޯވިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި މި ހިނގާ ނޮވެމްބަރު މަހުގެ 11 އިން 14 އަށް ކުރިއަށް ގެންދިޔަ "އެމްޑަބްލިޔޫއެސްސީ ކޯސްޓަލް ރޯވިންގ ބީޗް ސްޕްރިންޓް 2021" މިއަދު ނިންމާލައިފިއެވެ. ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމްޑަބްލިޔޫއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހެވެ.

ޙަސަން ޝާހުގެ އިތުރަށް މި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވި ފާހަގަކުރެވޭ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ހަމްޒާއާއި އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފާއި ރޯވިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޙްމަދު ޙަބީބެވެ. އަދި އައްޑު އަތޮޅުގެ ސްކޫލްތަކުގެ އިސް ބައެއް ބޭފުޅުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

މި މުބާރާތުގައި ޖުމުލް 5 ސްކޫލަކުން 150 ދަރިވަރުންނާއި 80 މުދައްރިސުން އަދި 4 ކުލަބަކުން 20 އެތުލީޓުން ބައިވެރިވިއެވެ. މުބާރާތުން ވަނަ ހޯދި މީސްމީހުންނަށް ސެޓްފިކެޓާއި މެޑަލް ޖހަވާލުކޮށް ދެއްވީ ޝަރަފުވެރި މެހުމާން ޙަސަން ޝާހެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.