
"އިންޓަރ ސްކޫލް ރޯވިން ބީޗު ސްޕްރިންޓް 2019" ޝަރަފުވެރިކޮށްދެއްވާނީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ރޯވިން އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.
ރޯވިން އެސޯސިއޭޝަންގެ ރައީސް އަޙުމަދު ޙަބީބު ވިދާޅުވީ މި ޙަރަކާތް ޝަރަފުވެރިކޮށް ދެއްވުމަށް ވަޑައިގެންދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ.
ރާއްޖޭ ސްކޫލްތަކަށް ރޯވިން ބީޗު ސްޕްރިންޓް ތަޢާރަފް ކުރުމަށް ބާއްވާ މި މުބާރާތް އޮންނާނީ އޮކްޓޯބަރ 31 އިން ނޮވެމްބަރ 1 އަށް އައްޑޫ ސިޓީ ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދުގައެވެ.
މި މުބާރާތުގައި އައްޑޫސިޓިގެ 4 ސްކޫލަކުން 70 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ. އެ ސްކޫލްތަކަކީ ފޭދޫ ސްކޫލް، އައްޑޫ ހައިސްކޫލް، ޝަރަފުއްދީން ސްކޫލް، ހިތަދޫ ސްކޫލެވެ.
މުބާރާތް ކުރިއަށްދާއިރު ކުދިންގެ ސަލާމަތީކަންކަން ވެސް ވަރަށް ރަނގަޅަށް ބެލެހެއްޓިގެންދާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.
މިއީ އެސްޓީއޯ، މިފްކޯ، އެމްޑަބްލިޔުއެސްސީ، އެމްޓީސީސީ އިން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ.