
ހަތަރު ސްކޫލަކުން ބައިވެރިވ 83 ދަރިވަރުންނާއެކު "އެމްޓީސީސީ އިންޓަރ ސްކޫލް ރޯވިން ބީޗު ސްޕްރިންޓް 2019" އައްޑޫސިޓީގައި ކުރިއަށް އެބަގެންދެއެވެ.
އައްޑޫސިޓީ ހިތަދޫ ސްވިމިންޓްރެކް ސަރަހައްދުގައި ކުރިއަށްދާ މިމުބާރާތަކީ ރާއްޖެއަށް ރޯވިން ބީޗު ސްޕްރިންޓް ތަޢާރަފް ކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ވާދަކުރަނީ ފޭދޫ ސްކޫލް، އައްޑޫ ހައިސްކޫލް، ހިތަދޫ ސްކޫލް، ޝަރަފުއްދީން ސްކޫލެވެ.
މިއަދު ކުރިއަށްދަނީ މުބާރާތުގެ ފަހު އިވެންޓުތަކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނު މާދަމާ އައްޑުއަށް ވަޑައިގަންނަވާނެއެވެ.
މިއީ އެސްޓީއޯ، މިފްކޯ، އެމްޑަބްލިޔުއެސްސީ، އެމްޓީސީސީ އިން ސްޕޮންސަރކޮށްގެން ބާއްވާ މުބާރާތެކެވެ.