އިންޑިޔާގެ ދަނޑުވެރިންގެ އިހުތިޖާޖަށް 100 ދުވަސް، އަދިވެސް ތިބީ ހުއްޓާނުލާ ކުރިއަށް ގެންދާގޮތަށް

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިސްވެ އޮވެގެން ދަނޑުވެރިކަމާ ބެހޭ ތިން ގާނޫނެއް ފާސްކުރި ހިސާބުން އިންޑިޔާގެ ދަނޑުވެރިން، ވަކިން ޚާއްސަކޮށް އިންޑިޔާގައި އެންމެ ފުޅާދާއިރާއެއްގައި ގޮވާންކުރާ ޕަންޖާބާއި ހަރްޔާނާގެ ދަނޑުވެރިން ދަނީ ރުޅިވެރިކަން ފާޅުކުރަމުންނެވެ.

ފާއިތުވި ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެތައް ހާސް ދަނޑުވެރިންނެއް ދަނީ ވެރިރަށް ނިއުދިއްލީގެ ބޭރުން ތިން ސަރަހައްދެއްގައި ކޭންޕުޖަހައިގެން އިހުތިޖާޖުކުރަމުންނެވެ. އެމީހުން އެދެމުން ދަނީ އެ ގަނޫނުތަކަކުން އެމީހުންގެ އާމްދަނީގެ ވަސީލަތް އަމިއްލަ ކުންފުނިތަކެއްެގެ އަތްމައްޗަށް ދޫކޮށްލާ ގާނޫނުތައް ކަމުގައި އެހީމުން ގަބޫލުކުރާ ތިން ގާނޫނު ސަރުކާރުން އަނބުރާ ގެންދިއުމަށެވެ.

މިއަދަކީ (ހުކުރު ދުވަހަކީ) ދަނޑުވެރިންގެ އިހުތިޖާޖަށް 100 ދުވަސް ވީ ދުވަހެވެ. 100 ދުވަސް ފުރުން ފާހަގަކުރަން މާދަމާ (ހޮނިހިރު ދުވަހ) ބޮޑު ހަރަކާތެއް ހިންގުމަށް ދަނޑުވެރިން ދަނީ ރާވަމުންނެވެ. އެއީ ނިއުދީއްލީގެ ބޭރުން އެކްސްޕްރެސްވޭއެއް (ހައިވޭއެއްީ މާދަމާ ބަންދުކުރުމެވެ.

މައިގަނޑު ގޮތެއްގައި ބަންޖާބު، ހަރްޔާނާ އަދި އުއްތަރް ޕްރަދޭޝްގެ ދަނޑުވެރިން މި އިހުތިޖާޖުގައި ބައވެރިވަމުން ދާއިރު، ދަނޑުވެރިންެގެ އިއްތިހާދުުގެ ލީޑަރުން މައުލޫމާތުދޭ ގޮތުގައި އެމީހުން ރާވާފައި ވަނީ 6 ލޭނު ފުޅާ ވެސްޓަން ޕެރިފެރަލް އެކްސްޕްރެސްވޭ ހުރިހާ ދުއްވާ އެއްޗަކަށް 5 ގަޑިއިރަށް ބަންދުކުރުމަށެވެ.

"އަަހަރުމެން ގަބޫލުކުރާ ގޮތުގައި އަހަރުމެން އެދޭކަންތައް ގަބޫލުކޮށް އެކަން ކުރުމަށް އަހަރުމެންގެ ހަރަކާތުން ސަރުކާރަށް އިތުރަށް އަޚްލާގީގޮތުން ފިއްތުން ކުރިމަތިކުރާނެ. ކުރިއަށް އޮތް ދުވަސްތަކުގައި މޫސުންވެސް ގޯސްވާނެތީ." ދަނޑުވެރިންގެ ޖަމްއިއްޔާތަކުގެ ކޯލިޝަން ސަމްޔުކްތާ ކިސާން މޯރްޗާ (އެސްކޭއެމް) ނުވަތަ ޔުނައިޓެޑް ފާމާސް ފްރަންޓްގެ ތަރުޖަމާނު ދަރްޝަން ޕާލް ފާހަގަކުރިއެވެ. "މިިކަމުގެ (މި ހަަރަކާތުގެ ސަބަބުން) ސަރުކާރު ބަލިކަށިވާނެ. ސަރުކާރަށް ޖެހޭނީ އަނެއްކާވެސް ވާހަކަދައްކަން އަހަރުމެންނާއެކު އިށީންނަން."

ކުރިއަށް އޮތީ ނިއުދިއްލީގެ ހޫނު މޫސުމެވެ. ޕާލް ބުނީ ހޫނު ގަަދަވިޔަސް ދަނޑުވެރިންގެ އިހުތިޖާޖު ހުއްޓުމެއް ނެތި ކުރިއަށް ދާނެކަމުގައެެެވެ. އަދި ކުރިއަށް އޮތީ ދަނޑުތަކުން ގޮވާން ކަނޑާ މޫސުމަށް ވުމާއެކު، ޕާލް ބުނީ، އަވަށްތަކުގައި ތިބި ދަނޑުވެރިންގެ އާއިލާ މީހުންނާއި އަވަށްޓެރިން ދަނޑުވެރިންގެ ފަރާތުން ގޮވާން ކެނޑުމުގެ މަސައްކަތްކުރާނެ ކަމުގައެވެ. އެހެންވީމާ، ދަނޑުވެރިންނަށް އިހުތިޖާޖުކުރަން ތިބެވޭނެ ކަމުގައެވެ.

އެސްއެމްކޭގެ ހިސާބުތަކުން ދައްކާގޮތުގައި ދަނޑުވެރިންގެ އިހުތިޖާޖުގައި މިވޭތުވީ 100 ދުވަހުގެ ތެރޭގައި 248 ދަނޑުވެރިން މަރުވެފައި ވެއެވެ. ސިއްހީ މައްސަލަތަކެއް ކުރިމަތިވެގެން އެއް ބަަޔަކު މަރުވި އިރު އަނެއް ބަަަޔަކުގެ ފުރާނަ ދިޔައީ އަމިއްލައަަށް މަރުވެގެންނެވެ.

ދަނޑުވެރިންނާ ސަރުކާރާ ދެމެދުގައި އެތައް ބުރަކަށް މަޝްވަރާކޮށްފިއެވެ. އެހެންނަމަވެސް، ނަތީޖާއަކާ ހަމައަށް ދެވިފައި ނުވެއެވެ. ދަނޑުވެރިންގެ އިހުތިޖާޖު ވަރުުބަލިވުމެއް ނެތި ކުރިއަށް ދާއިރު، އެ އިހުތިޖާޖަށް ލިބޭ ބައިނަލްއަގުވާމީ ސަމާލުކަން އިތުރުވެ، ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވި އެންމެ ހައްލުކުރަން ދަތި މައްސަަލައަށް އެކަން ވަނީ ވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.